19 ފެބުރުވަރީ 2025 - 12:18 0
ލީވާން އަލީ ނާސިރު
އެމްއައިބީން ބިންގާ އެކައުންޓް ތައާރަފްކުރަން ބޭއްވި ހަފްލާގެ ތެރެއިން: އެ ބޭންކުން ބިންގާގެ ކަސްޓަމަރުންނަށް މާހެފުމެއް ބާއްވަން ވަނީ ތައްޔާރުވެފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
19 ފެބުރުވަރީ 2025 - 12:18 0
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކުޑަކުދިންނަށް ހާއްސަ އެކައުންޓް، ބިންގާ އެކައުންޓުގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުކުރު ދުވަހު މާހެފުމެއް ބާއްވަން ނިންމައިފި އެވެ.
އެމްއައިބީން ބުނީ އެ މާހެފުން ބޭއްވުމަށް ނިންމާފައި ވަނީ މާލެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހަވީރު 4:00 އިން އިރުއޮއްސި 06:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
އެ މާހެފުމުގައި ބިންގާ ކަސްޓަމަރުންގެ އިތުރުން ކަސްޓަމަރުން ނޫނަސް، ހުރިހާ ކުޑަކުދިންނަށް ބައިވެރިވެވޭނެ ކަމަށް އެމްއައިބީން ބުންޏެވެ.
މާހެފުމުގެ ތެރެއިން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާގެ ހާއްސަ "އާސްކް ޑރ. ޒެކް" ގެ ނަމުގައި ކުދިންނަށް ދީނީ އެކި މައުލޫމާތު ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އިތުރު އެހެން ހަރަކާތްތައް ވެސް މާހެފުމުގެ ތެރެއިން ކުރިއަށްދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައީބީގެ ބިންގާ އެކައުންޓަކީ އެބޭންކުން ކުޑަ ކުދިންނަށް ފަހަށް ރައްކާކުރުމަށް އިޖާދީ ބަދަލެއް ގެނެސް ތައާރަފްކުރި އެކައުންޓެކެވެ. އެ އެކައުންޓުގައި ކޮންމެ ކުއްޖަކަށް ވެސް ތިން އެކައުންޓު ލިބޭނެއެވެ. އެއީ ބިންގާ ޓްރާންސެކްޝަން އެކައުންޓަކާއި ބިންގާ ސޭވިން އެކައުންޓަކާއި ބިންގާ އިންވެސްޓް އެކައުންޓެވެ.
ބިންގާ ޓްރާންސެކްޝަން އެކައުންޓަކީ ކުދިންނަކީ މާލީ ގޮތުން ޒިންމާދާރު ޒަމާނީ ވަސީލަތްތަށް ބޭނުންކުރުމަށް އާދަވެފައިވާ ކުދިބަޔަކަށް ހަދައިދޭނެ އެކައުންޓެކެވެ. އެ އެކައުންޓުން ކުދިންނަށް ހަތް އަހަރު ފުރުމުން ކޭޝް ކާޑަކާއި އިންޓަނެޓް ބޭންކިންއަށް އެކްސެސް ލިބޭނެ އެވެ.
ބިންގާ ސޭވިން އެކައުންޓަކީ ކުދިން ފަހަށް ފައިސާ ރައްކާކުރުމުގެ އާދަ އަށަގަންނަވަން ވަރަށް އެކަށޭނަ އެކައުންޓެކެވެ. މި އެކައުންޓަކީ ކުރުމުއްދަތަކަށް ފައިސާ ރައްކާކުރުމަށް ހާއްސަ އެކައުންޓެކެވެ.
ބިންގާ އިންވެސްޓްމަންޓް އެކައުންޓަކީ ދިގު މުއްދަތަކަށް ފައިސާ ރައްކާކުރުމަށް ހާއްސަ އެކައުންޓެކެވެ. އެގޮތުން ކުއްޖާއަށް 18 އަހަރު ފުރުމުން އިތުރަށް ކިޔެވުމަށް ނުވަތަ އެޕާޓްމަންޓެއްގެ ޑައުން ޕޭމަންޓް ދެއްކުންފަދަ ކަންކަމަށް ފައިސާ ރައްކާކުރުމަށް އެ އެކައުންޓް ބޭނުންކުރެވިދާނެ އެވެ.
އެ އީޖާދީ ބަދަލާއި އެކު ކުދިން މާލީ ގޮތުން ޒިންމާދާރު ބަޔަކަށް ހެދުމަށް އިތުރު ބާރަކަށް ވާނެ އެވެ. އެމްއައިބީއިން މިފަދަިއން ހިންގާ ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީވެސް އެކަމަށް ބާރު އެޅުމެވެ.
Comment