ޗައިނާ/އީޕީއޭ އެއްބަސްވުން: ދިވެހި ކަނޑުގެ ސިއްރުތައް ބަލައި ޖާސޫސް ކުރުމުގެ ފުރުސަތު ޗައިނާއަށް ފަހިވެއްޖެ

19 ފެބުރުވަރީ 2025 - 06:52 1

އަހުމަދު އާއިދު

އ

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ނަގާފައިވާ ފޮޓޯއެއް: އަޑު މޮނީޓާކޮށްގެން ސަބްމެރިން އަދި މަތިންދާބޯޓުގެ މޫވްމަންޓްސް ޗައިނާއަށް ދެނެގަނެވޭނެ -- ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ


ޗައިނާ/އީޕީއޭ އެއްބަސްވުން: ދިވެހި ކަނޑުގެ ސިއްރުތައް ބަލައި ޖާސޫސް ކުރުމުގެ ފުރުސަތު ޗައިނާއަށް ފަހިވެއްޖެ

19 ފެބުރުވަރީ 2025 - 06:52 1

ދަ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީ އާއި އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއާ ދެމެދު ހޯމަ ދުވަހު ސޮއި ކުރި އެއްބަސްވުމުގެ ސަބަބުން، ދިވެހި ކަނޑުގެ ސިއްރުތަައް ބަލައި ދިރާސާކޮށް، ކަނޑުގައި ޖާސޫސް ކުރުމުގެ ފުރުސަތު ޗައިނާއަށް ފަހިވެއްޖެ އެވެ.

އެ އެއްބަސްވުމުގައި ސަރުކާރުން ސޮއި ކުރި ފަހުން، އެއްބަސްވުމުގައި ލިޔެފައި އޮތް އެއްޗެއް ދުށް ތިން މީހަކު ވަނީ އަދަދު އާ ވާހަކަ ދައްކައި، އެއްބަސްވުމުގެ ދަށުން ޗައިނާއަށް ފަހިވާ ފުރުސަތުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"އެއްބަސްވުމުގެ ދަށުން ކަނޑުގައި ޗައިނާއިން މި ހަރުކުރަނީ ޑިވައިސްތަކެއް. އެ ޑިވައިސްތަކުން ވަރަށް ގިނަ މައުލޫމާތުތައް އެއްކުރެވޭނެ. އޭގެ ބަދަލުގައި، ރަސްމީކޮށް ދިވެހި ސަރުކާރަށް މި ކޮށްދޭ ކަމަކީ ހަމައެކަނި ތަމްރީނުތަކެއް ކުރިއަށްގެންދިޔުން،" މައްސަލައިގެ ބާވަތުން ނޫހުގައި ނަން ނުޖެހުމަށް އެދި އެއްބަސްވުމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ސަރުކާރުން ހޯމަ ދުވަހު ބުނީ އެ އެއްބަސްވުމަކީ ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭ އެއްބަސްވުމެއް ކަމަށެވެ. އެއްބަސްވުމުގައި ރާއްޖޭގައި ފަރާތުން ސޮއި ކުރީ ޓުއަރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމެވެ. އެކަމަކު އެއްބަސްވުމުގެ އެއްވެސް ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މި ނޫހާ ވާހަކަ ދެއްކި ތިން މީހުން ވެސް ބުނީ، ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީއާއެކު ހެދި އެއްބަސްވުމުގެ ދަށުން ވައި، އޮއި، އަޑު، ސެލިނިޓީ އަދި ފިނިހޫނުމިން ބެލުމުގެ ފުރުސަތު ޗައިނާއަށް ފަހިވާނެ ކަމަށެވެ. އޭގެ އިތުރުން ވެސް ބައެއް އެހެން ކަންކަން ކުރުމުގެ ފުރުސަތު ޗައިނާއަށް ލިބެ އެވެ. އެ ޑިވައިސްތައް ހަރު ކުރަނީ ކަނޑު އަޑީގައި އަދި ކަނޑުގެ މަތީ ފަށަލައިގަ އެވެ.

އެކަންކަމުގެ ތެރެއިން އެންމެ ކަންބޮޑުވާ މައްސަލައަކީ ސޯނާ ނުވަތަ އަޑު ރިކޯޑުކޮށް މޮނީޓާ ކުރުމުގެ ފުރުސަތު ލިބުމެވެ. އެއްބަސްވުމުގެ ދަށުން، ދިރޭތަކެތީގެ އަޑާއި ދިރުމެއް ނެތް އަޑު ބަލައި މޮނީޓާކުރުމުގެ ފުރުސަތު ޗައިނާއަށް ލިބެ އެވެ. އެ މަސައްކަތް ކުރަން ޗައިނާއިން ހަރު ކުރާ ޑިވައިސްތަކުން ސަބްމެރިން އަދި މަނަވަރު ހިމެނޭ ގޮތަށް ކަނޑުގައި އުޅަނދެއް ދުއްވިޔަސް އެނގޭނެ އެވެ. އަދި ވަކި އުސްމިނަކުން މަތިންދާބޯޓު ދަތުރުކުރާ ނަމަ އެކަން ވެސް ދެނެގަނެވޭނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ހޯދާ އެއްވެސް ޑޭޓާއެއް އެހެން ފަރާތަކަށް ދެވޭނީ ދެ ފަރާތުން އެއްބަސްވެގެންނެވެ. އެހެންވެ، މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލިބޭ މައުލޫމާތު ޗައިނާގެ ހުއްދަ ނެތި ތިން ވަނަ ފަރާތަކަށް ނުދެވޭނެ އެވެ.

ހައިޑްރޯގްރަފީ އެއްބަސްވުން އާނުކުރަން ނިންމައިފި

ރާއްޖޭގެ ކަނޑުފަޅުތައް ދިރާސާކޮށް، ޗާޓު ހެދުން ފަދަ މަސައްކަތް ކުރުމަށް އެކުލަވާލި އެ އެއްބަސްވުން ނިމުމުގެ ހަ މަސް ކުރިން، އެއްބަސްވުން އާ ނުކުރާނެކަން އަންގަންޖެހޭ. އެއްބަސްވުން އާ ކުރަން ބޭނުންނުވާކަން މިހާރު އިންޑިއާ ސަރުކާރަށް މިހާރު އަންގާފައިވާނެ ކަމަށް ސަރުކާރުން ބުނޭ.

ހައިޑްރޯގްރަފީ އެއްބަސްވުން އާނުކުރަން ނިންމައިފި

ރާއްޖޭގެ ކަނޑުފަޅުތައް ދިރާސާކޮށް، ޗާޓު ހެދުން ފަދަ މަސައްކަތް ކުރުމަށް އެކުލަވާލި އެ އެއްބަސްވުން ނިމުމުގެ ހަ މަސް ކުރިން، އެއްބަސްވުން އާ ނުކުރާނެކަން އަންގަންޖެހޭ. އެއްބަސްވުން އާ ކުރަން ބޭނުންނުވާކަން މިހާރު އިންޑިއާ ސަރުކާރަށް މިހާރު އަންގާފައިވާނެ ކަމަށް ސަރުކާރުން ބުނޭ.

ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީއަކީ ޗައިނާގެ އެންމެ ވަރުގަދަ އެއް އިދާރާ އެވެ. ކަނޑުގެ އެކި ކަހަލަ ދިރާސާތައް ކުރުމުގައި ވެސް އެންމެ ގާބިލް އެއް އިދާރާއަކީ އެއީ އެވެ. އެ އިދާރާއިން ދިރާސާ ކުރާ ބައެއް ބޯޓުފަހަރު ވެސް ބަނދެފައި އެބަހުއްޓެވެ.

އެއްބަސްވުމާ ގުޅޭ ގޮތުން އަދަދު އާ ވާހަކަ ދެއްކި، ރާއްޖެ އަދި ސަރަހައްދީ ސަލާމަތާ ގުޅޭ ދިރާސާ ކުރާ ތަޖުރިބާކާރަކު ބުނީ، ބެލެވޭ ގޮތުގައި ޗައިނާގެ މަގުސަދަކީ އެ ގައުމާ ގުޅުން އޮތް ގައުމުތަކުގެ މަދަދުވެރިކަން ހޯދައިގެން ވާދަވެރި ގައުމުތަކަށް ޖާސޫސްކުރުން ކަމަށެވެ.

"ޗައިނާއަށް ވަރަށް ބޮޑަށް ކުރެވޭ ތުހުމަތެއް މިއީ އެމީހުންގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެހެން ގައުމުތަކަށް ޖާސޫސް ކުރުން. ޗައިނާއަށް އެ ފުރުސަތު ރާއްޖޭގައި ދިނުން ވާނީ ބޮޑު މައްސަލައަކަށް،" ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ތަޖުރިބާކާރު ބުންޏެވެ.

އެއްބަސްވުމުގެ ސަބަބުން، އިންޑިއާ އަދި ސަރަހައްދީ ގައުމުތަކާ ރާއްޖެއިން މައްސަލަ ޖެހޭނެ ކަމަށް ތަޖުރިބާކާރު ލަފާ ކުރެ އެވެ. ރާއްޖެއާ އެންމެ ގުޅުން ބޮޑު ގައުމަކީ އިންޑިއާއަށްވެފައި، އިންޑިއާއަކީ ޗައިނާއާ ވާދަވެރި ގައުމަކަށްވާއިރު، އިންޑިއާއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ކުރަން ރާއްޖެއިން ފުރުސަތު ދިނުން އެ ގައުމުން ބަލައިނުގަންނާނެ ކަމަށް ވެސް ތަޖުރިބާކާރު ބުންޏެވެ.

"ސަރަހައްދީ ޕޮލިޓިކްސްގައި މިކަން ވާނީ ވަރަށް ބޮޑު މައްސަލައަކަށް. މިއީ ރާއްޖެއިން ކުރަންވާނޭ ވަރުގެ ކަމެއް ނޫން، ވަންނަންވާނޭ ވަރުގެ މައްސަލައެއްގެ ތެރެއަކަށް ނޫން މި ވަނީ،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ޗައިނާގެ އެންމެ ވަރުގަދަ ދިރާސާ އުޅަނދު ވެސް ވަނީ ރާއްޖެ ސަރަހައްދުގައި އަދި ރާއްޖޭގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެފަ އެވެ. ޖެނުއަރީ، 2024، އިން ފެށިގެން ގާތްގަނޑަކަށް އެއް މަސްދުވަހު އެ ބޯޓު ރާއްޖެ ސަރަހައްދުގައި ހަރަކާތްތެރިވި އެވެ. އަދި އެ ބޯޓު ތިލަފުށި ކައިރިއަށް ބަނދަރު ވެސް ވެސް ކުރި އެވެ.

ރާއްޖޭގެ ކަނޑުގެ ސިއްރުތައް ދިރާސާ ކުރެވޭނެ އަދި އެހެން ގައުމުތަކަށް ޖާސޫސް ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރިއިރު، ރާއްޖޭގެ "ކަނޑުއަޑީގެ ބަތާނަ" އެހެން ގައުމަކަށް ލިބުމަކީ މައްސަލައެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

"ރާއްޖޭގެ ކަނޑުއަޑީގެ ބަތާނަ އެހެން ދައުލަތަކުން ހޯދައި ކުރެހުމަކީ ދިވެހީންނަށް މަސްލަހަތު ހުރި ކަމެއް ނޫން. ދިވެހި ކަނޑުތަކުގެ މުއްސަނދިކަން ދެނެގަތުމަކީ ދިވެހީންގެ ހައްގެއް. ދިވެހީންގެ ގައުމީ ވާޖިބެއް. އެ ސަބަބަށް ޓަކައި އިންޑިޔާއާ އެކު ވެފައިވާ ހައިޑްރޯގްރެފިކް އެއްބަސްވުމުގެ މުއްދަތު އިހަށް ދުވަހު ހަމަވުމުން، އެ އެއްބަސްވުން އަލުން ކުރިޔަށް ނުގެންދަން ނިންމައި އެ ކަން ވާނީ އިންޑިޔާ ސަރުކާރަށް އަންގައިފައި. ދިވެހި ކަނޑުތައް ކުރަހާނީ ދިވެހީން،" ޑިސެމްބަރު 16، 2023، ގައި ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، ސަރަހައްދީ ގައުމުތަކުގެ ވާދަވެރިކަމުގެ ތެރެއަށް ނުވަދެ ކުރިއަށްދިޔުމަކީ ގެންގުޅުއްވާނެ ސިޔާސަތު ކަމަށް ވެސް ރައީސް މުއިއްޒު ކުރިން ވިދާޅުވި އެވެ.

"ރާއްޖެ އަދި މާ ކުޑަ، މިފަދަ ގްލޯބަލް ޕަވާ ސްޓަރަގަލް [އިންޑިއާއާއި ޗައިނާގެ ވާދަވެރިކަން] ގެ ތެރެއަށް ވަންނަން، އަޅުގަނޑުމެންގެ ސަރުކާރެއްގައި ނުވެސް ވަންނާނަން އެފަދަ ކަންކަމުގެ ތެރެއަށް،" އޮކްޓޯބަރު، 2023، ގައި ރައީސް ވިދާޅުވި އެވެ.

0.00%

50.00%

50.00%

0.00%

މި ލިޔުން ކިޔާލުމުން


އަހަންމަ

23 days ago

މިގޮތަށް އިންޑިޔާއިން ރާއްޖޭގެ އެކިސަރަހައްދު ތަކުގައި ހަރުކޮށްފައި ހުރި އެމީހުންގެ "އަމިއްލަ"ރާޑަރުގެ ވާހަކަވެސް ޖަހާލިނަމަ. އެއީ މިހާރުވެސް ޖާސުސް ކުރަން ބޭނުންކުރަމުންގެންދާ އާލާތްތަކެއް. އެއްވެސްބައެއްގެ އަމިއްލަ އެއްޗެއް މިތާނގަބެހެއްޓިގެންނުވާނެ.. ވަރަށްވާހަކަ