Advertisement

އޭސީސީގެ ނައިބަކަށް އަބްދުﷲ ނާޝިދު އައްޔަނުކޮށްފި

18 ފެބުރުވަރީ 2025 - 16:59 0

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސްކަމަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދިން، އަބްދުﷲ ނާޝިދު -- ފޮޓޯ: ރައީސް އޮފީސް


އޭސީސީގެ ނައިބަކަށް އަބްދުﷲ ނާޝިދު އައްޔަނުކޮށްފި

18 ފެބުރުވަރީ 2025 - 16:59 0

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސް ކަމަށް އަބްދުﷲ ނާޝިދު އައްޔަނުކޮށްފި އެވެ.

އޭސީސީގެ ނައިބު ރައީސްކަމަށް އަބްދުﷲ ނާޝިދު، ފަސާނާ، ރ. އަލިފުށި އައްޔަނު ކުރަން ފެންނަ ކަމަށް މަޖިލީހުން އިއްޔެ ފާސްކުރީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

އޭސީސީގެ ނައިބު ރައީސް ކަމަށް އައްޔަނު ކުރަން ފެނޭތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ މިދިޔަ ޖެނުއަރީ 26، ގައި ފޮނުއްވީ އަހުމަދު ނާޝިދު، މއ. ގޯލްޑަންމޫން ގެ ނަމެވެ. ނަމަވެސް އެ ނަން އަނބުރާ ގެންގޮސް، އަބްދުﷲ ނާޝިދުގެ ނަން މަޖިލީހަށް ރައީސް ފޮނުއްވީ ފެބްރުއަރީ 11، ގަ އެވެ.

އޭސީސީގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސް، އަބްދުއްސަލާމް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް މަގާމުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުގައި ހިނގަމުން ދަނިކޮށެވެ.

އެ ގޮތުން ބިިންވެރިޔާ ސްކީމުގެ މައްސަލަ ތަހުގީގު ކުރުން ލަސް ކުރުމާއި އެހެން ލޯފާމެއްގައި މަސައްކަތް ކުރުން ފަދަ ގާނޫނާ ހިލާފު އެތައް އަމަލެއް ހިންގި ކަމުގެ ތުހުމަތު އޭނާއަށް ކޮށްފައިވެ އެވެ