18 ފެބުރުވަރީ 2025 - 06:01 0
18 ފެބުރުވަރީ 2025 - 06:01 0
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ކުރިއަށްގެންދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު މެޗުތަކުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން 3-1 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކުރިއިރު، އޮޑި ސްޕޯޓްސް ކްލަބް އާއި އެންމެ ފަހުގެ ޗެމްޕިއަން، ޓީސީ ސްޕޯޓްސް ކްލަބް 0-0 އިން އެއްވަރުވެއްޖެ އެވެ.
ގްރޫޕް ބީގައި، އެންމެ ފަހުގެ ރަނަރަޕް، ސަސް ވަނީ ފުރަތަމަ މެޗުން ޓީސީ އަތުން ބަލިވެފަ އެެވެ. އެހެންވެ، އިއްޔެގެ މެޗުގައި ސަސް އިން ވަނީ ނުކުމެ ނަތީޖާ ނެރެފަ އެވެ.
ސަސް އަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ، މުހައްމަދު އިޒާން އަލީ ދެ ގޯލާއި ހުސެއިން ސުހާދު ޝުހާން އެވެ. މި މެޗުގައި ސަސް އިން ވަނީ ޖުމްލަކޮށް ބަލާއިރު، ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
މި މެޗުގައި ވިކްޓަރީގެ ހަމައެކަނި ލަނޑު ޖެހީ، ޖުމާން އަބްދުﷲ ޖަމީލް އެވެ.
ޓީސީ އާއި އޮޑިން ފުރަތަމަ ކުޅުނު މެޗުތަކުން މޮޅުވި ނަމަވެސް، ދެ ވަނަ މެޗުގައި މި ވަނީ ޕޮއިންޓަކުން ފުއްދާލަން ޖެހިފަ އެވެ.
ޖުމްލަ އެކު، ނުވަ ޓީމެއް މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރާއިރު، ގްރޫޕް އެކެއްގައި ފަސް ޓީމު ހިމެނޭއިރު، ގްރޫޕް ދޭއްގައި ހިމެނެނީ، ހަތަރު ޓީމެވެ. ގްރޫޕް އެކެއްގައި ކުޅުނު ދެ މެޗުން ވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވަނީ މޮޅުވެފަ އެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި މާދަމާ ދެ މެޗެއް ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި، ކްލަބް ގްރީން ސްޓްރީޓްސް އިން ކުޅޭނީ، ބުުރު ސްޕޯޓްސް ކްލަބް އެވެ. އަދި މާދަމާރޭ، ވެލެންސިއާ އިން ކުޅޭނީ އީގަލްސްއާ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment