Advertisement

ވެލާނާ އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑި، ހިދުމަތަށް ބުރޫއަރައިފި

18 ފެބުރުވަރީ 2025 - 09:59 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު: އެއާޕޯޓަށް ކަރަންޓު ދެނީ އެމްއޭސީއެލްގެ ޖެނަރޭޓަރުތަކުން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ވެލާނާ އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑި، ހިދުމަތަށް ބުރޫއަރައިފި

18 ފެބުރުވަރީ 2025 - 09:59 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑި ހިދުމަތަށް ބުރޫއަރައިފި އެވެ.

"އަދަދު" އަށް މައުލޫމާތު ދިން ބައެއް މީހުން ބުނީ އެއާޕޯޓުގެ ކަރަންޓު ކެނޑި، ލަގެޖު ބެލްޓުތައް ވެސް ހުއްޓުނު ކަމަށެވެ. އަދި، އެ ނޫން ވެސް ހިދުމަތްތަކަށް ބުރޫއެރި ކަމަށް އެކި މީހުން ބުންޏެވެ. ބައެއް ފުލައިޓުތައް ފުރުން ލަސްވި ކަމަށް ވެސް މި ނޫހަށް އާންމުން މައުލޫމާތު ދީފައިވެ އެވެ.

މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން އެމްއޭސީއެލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކަރަންޓު ކެނޑުނީ އެއާޕޯޓުގެ އިންޓަނޭޝަނަލް ފަޅިން ކަމަށެވެ. އަދި، މިހާރު އެއާޕޯޓުގައި ހުންނަ ބެކްއަޕް ޖަނަރޭޓަރުތައް ބޭނުންކޮށްގެން ކަރަންޓު ދޭން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަރަންޓު ކެނޑިގެން ހިދުމަތްތަކަށް ބުރޫއެރި ކަމަށް އާންމުން ބުނާ ވާހަކަ ދޮގުކޮށް، އޭނާ ވިދާޅުވީ ހިދުމަތްތައް އަދިވެސް ދެމުންދާ ކަމަށެވެ.

ރާއްޖޭގެ މައި ދޮރުއަށިން ކަރަންޓު ކެނޑުނު ސަބަބެއް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށާއި އެކަން ދެނެގަތުމުގެ މަސައްކަތް އެމްއޭސީއެލްގެ ޓީމުން މިހާރު ކުރަމުންދާ ކަމަށްވެސް އެމްއޭސީއެލް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވެސް ބުނެފައިވެ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ވެލާނާ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލަކީ ކޮންމެ ދުވަހަކު ވެސް އެތައްހާސް ބަޔަކު ހިދުމަތް ހޯދާ ތަނެކެވެ.