ޗައިނާ އިންސްޓިޓިއުޓާކާއި އީޕީއޭއާ ދެމެދު ޓެކްނޮލޮޖީ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއް

17 ފެބުރުވަރީ 2025 - 15:21 0

މުހައްމަދު ޝަހްޒާން

މ

ސައުތު ޗައިނާ ސީ އިންސްޓިޓިއުޓާއެކު އެމްއޯޔޫގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެންވަރަމެންޓް އެންޑް ޓޫރިޒަމް މިނިސްޓްރީ


ޗައިނާ އިންސްޓިޓިއުޓާކާއި އީޕީއޭއާ ދެމެދު ޓެކްނޮލޮޖީ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއް

17 ފެބުރުވަރީ 2025 - 15:21 0

ޓެކްނޮލޮޖީ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ބެހޭ އެމްއޯޔޫއެއްގައި ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީ، ޗައިނީޒް އެކަޑެމީ އޮފް ސައިންސެސް (އެސްސީއެސްއައިއޯ) އާއި އެންވަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ މިއަދު ސޮއިކޮށްފި އެވެ.

އެ އެމްއޯޔޫއާ ގުޅޭ އިތުރު މައުލޫމާތެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

އެސްސީއެސްއައިއޯ އަަކީ ޗައިނާގައި އެންމެ ފުޅާ ދާއިރާއެއްގައި ކަނޑު އަޑީގެ ދިރާސާތައް ކުރާ އެއް އިންސްޓިޓިއުޓެވެ. އެ އިންސްޓިޓިއުޓުގައި 100 ސީނިއާ ސައިންޓިސްޓުންނާއި 100 ކްރޫ މެންބަރުންގެ އިތުރުން 400 ދަރިވަރުން ހިމެނޭހެން 600 އެއްހައި މުވައްޒަފުން ހަރަކާތްތެރިވެ އެވެ.

އެސްސީއެސްއައިއޯ އިން އާންމުކޮށް ދިރާސާ ކުރަނީ ދެކުނު ޗައިނާ ކަނޑާއި އިންޑިއާ ކަނޑުގެ އިތުރުން ހުޅަނގު ޕެސިފިކް ކަނޑެވެ.