17 ފެބުރުވަރީ 2025 - 06:21 0
މުހައްމަދު ޝަހްޒާން
އީސީގެ ރައީސް އަދި ނައިބު ރައީސް ކަމުގެ މަގާމަށް އައްޔަނު ކުރެއްވި ބޭފުޅުން -- ފޮޓޯ: އަދަދު
17 ފެބުރުވަރީ 2025 - 06:21 0
އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ޒާހިދު އަދި ނައިބު ރައީސްކަމަށް ސަލާހު އައްޔަނުކުރަން މަޖިލީހުން މިއަދު ރުހުންދީފި އެވެ.
އީސީގެ ރައީސް ކަމަށް މުހައްމަދު ޒާހިދު، ދަފުތަރު ނަންބަރު ރސ 1548 އައްޔަނުކުރަން މަޖިލީހަށް ފެންނަ ކަމަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުންނެވެ.
އީސީގެ ނައިބު ރައީސްކަމަށް އަބްދުއްރަހުމާން ސަލާހު ރަޝީދު، ކ. ހުރާ، ރޯޒް އައްޔަނުކުރަން މަޖިލީހަށް ފެންނަ ކަމަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުންނެވެ.
އީސީގެ ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި، ފުއާދު ތައުފީގުގެ ދައުރު ހަމަވުމުންނެވެ. އޭނާ މިހާރު ހުންނަވަނީ ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ. އެ ކޮމިޝަނުގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ނަޝާތު މަގާމުން ވަކިކުރަން މިދިޔަ ނޮވެމްބަރު 25، ގައި މަޖިލީހުން ފާސްކުރުމުންނެވެ.
ނަޝާތު މަގާމުން ވަކި ކުރަން ފާސްކުރީ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަރުހަލާއަށް ހުރަސް އެޅުމާއި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ އިތުރުން އިލެކްޝަންސްގެ ޑޭޓާބޭސްއިން މައުލޫމާތު ނަގައިގެން އެޕްލިކޭޝަންތަކެއް ހަދައި ވިއްކި ކަމުގެ ތުހުމަތުގަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment