Advertisement

މަސް ދޯންޏެއްގައި ހޭނެތިފައި އޮތް މީހަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވުމުން ޕޯސްމޯޓަމް ހަދައިފި

17 ފެބުރުވަރީ 2025 - 15:22 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަސް ދޯންޏެއް: ދޯންޏެއްގައި ހޭނެތިފައި އޮތް މީހަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވުމުން ޕޯސްމޯޓަމް ވަނީ ހަދާފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މަސް ދޯންޏެއްގައި ހޭނެތިފައި އޮތް މީހަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވުމުން ޕޯސްމޯޓަމް ހަދައިފި

17 ފެބުރުވަރީ 2025 - 15:22 2

މަސްވެރިކަމަށް ނިކުމެ އޮތް ދޯންޏެއްގެ ފާހާނާ ތެރޭގައި ހޭނެތިފައި އޮތް މީހަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވި މައްސަލައިގައި، އޭނާގެ މަރާ މެދު ސުވާލު އުފެދޭ ކަންކަން ހުރުމުން ޕޯސްޓްމޯޓަމް ހެދުމަށްފަހު އިއްޔެ ވަޅުލައިފި އެވެ.

ފެބްރުއަރީ 1، ގައި މ. މުލައް "ސިލްވަރީ" ނަމަކަށް ކިޔާ ދޯންޏެއްގައި މަހަށް ނިކުމެ އުޅެނިކޮށް މަރުވީ މ. މުލައް، މާކޯނި، މުހައްމަދު އަހުމަދު، 38 އެވެ.

ފުލުހުން ބުނީ އޭނާ ދޯނީގެ ފާހާނާ ތެރޭގައި ހޭނެތިފައި އޮތް ކަމުގެ މައުލޫމާތު އެ ރޭ 19:29 ގައި ރިޕޯޓް ކޮށްފައިވާއިރު، ގއ. ވިލިނގިލި އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވީ 20:10 ހާއިރު ކަމަށެވެ.

"އަދަދު" އަށް ކަމުގެ މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި އަހުމަދު މުހައްމަދުގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމީ އޭނާގެ ހަށިގަނޑުގެ ބޭރުފުށުން ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ފެންނަން ހުރުމުންނެވެ.

އެކަމަކު އެ ޒަހަމްތަކަކީ އޭނާ ބިންމައްޗަށް ހޭނެތިގެން ވެއްޓުނުއިރު ލިބުނު ޒަހަމްތައް ކަމެއް މިހާތަނަށް ކަށަވަރު ނުކުރެވޭ ކަމަށް މައުލޫމާތު އެނގޭ މީހާ ބުންޏެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.