14 ފެބުރުވަރީ 2025 - 06:34 1
14 ފެބުރުވަރީ 2025 - 06:34 1
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެންމެ ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި އެ ކުއްޖާގެ ކާފަ ރޭ ޖަލުގައި މަރުވެއްޖެ އެވެ.
އިބްރާހިމް ދީދީ، 67، މަރުވީ ރޭގެ ވަގުތެއްގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެ އެވެ. ކާފަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އޭނާ ހުރީ 25 އަހަރަށް ޖަލަށްލައިފަ އެވެ.
ހަމަ އެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި އެ ކުއްޖާގެ މުނި ކާފަ ހަސަން މޫސާ ދީދީ، 85، މަރުވީ ވެސް ޖަލުގަ އެވެ. އޭނާ މަރުވީ ސެޕްޓެމްބަރު، 2023، ގަ އެވެ.
ރޭ ކުއްލި ގޮތަކަށް މަރުވި އިބްރާހިމް ދީދީއަކީ ބްލަޑް ޕްރެޝަރަށް، ކޮލެސްޓްރޯލަށް އަދި ޓްރެމާސްއަށް ފަރުވާ ކުރަމުން އައި މީހެއް ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.
"އިބްރާހިމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާ ގުޅިގެން މެޑިކަލް ޓީމުން ބަލައި، އަވަސް ފަރުވާ ދިނުމުން ވެސް ހަރަކާތެއް ނުކުރާތީ، އޭނާ ވަނީ އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފަ. ފަރުވާ ދިނުމަށްފަހު ވެސް ހަރަކާތެއް ނެތުމުން، އޭނާ ނިޔާވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ 2:40 ކަށް ހާއިރު،" ކަރެކްޝަންސް އިން ބުނެ އެވެ.
ކާފަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރިއިރު އިބްރާހިމް ދީދީއަކީ އޭނާ ދިރިއުޅެމުން އައި ރަށުގައި އިމާމުވެ ނަމާދު ކުރަމުން އައި މީހެކެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment