Advertisement

ވަގު ފޯމުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޕީއެންސީން އިތުރުކޮށްފި

13 ފެބުރުވަރީ 2025 - 18:36 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ޑީއެންއާރުގެ އޮފީސް ތެރޭގައި ފޯމު ފުރި ދުވަހެއްގެ މަންޒަރެއް: ޕީއެންސީއަށް މެންބަރުން އިތުރުކުރީ އެ ޕާޓީއަށް އެ ލައްކަ މެންބަރުން ހަމަކުރުމުގެ އަމާޒުގައި -- ފޮޓޯ: ސޯޝަލްމީޑިއާ


ވަގު ފޯމުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޕީއެންސީން އިތުރުކޮށްފި

13 ފެބުރުވަރީ 2025 - 18:36 3

ވަގު ފޯމު ފުރައިގެން ވެރިކަން ކުރާ ޕީއެންްސީއަށް މެންބަރުން އިތުރު ކޮށްފައިވާ ކަމަށް ބުނާ މައްސަލަތާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް އެ ޕާޓީން ދިން މުއްދަތު އިތުރުކޮށްފި އެވެ.

ޕީއެންސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕީއެންސީގެ ދަފުތަރާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރު ކުރީ ޕާޓީގެ ދަފުތަރު ބެލެހެއްޓުން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން އިތުރަށް ހަރުދަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައި ވާތީ ކަމަށެވެ.

ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފައި ވަނީ އޭޕްރިލް 13 ގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.

ޕީއެންސީގެ ދަފުތަރާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް އެ ޕާޓީން ހުޅުވައިލީ މިދިޔަ ޖެނުއަރީ 10، ގަ އެވެ. އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ މިހައިތަނަށް ލިބިފައި ހުރި ޝަކުވާތަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ލިބިފައި ވަނީ ކިތައް ޝަކުވާ ކަމެއް އެ ޕާޓީން ހާމައެއް ނުކުރެ އެވެ.

ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންނާއި އޭސީސީން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލައިގައި ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ހުޅުވައިލި އެވެ. ނަމަވެސް އޭހެ އަދާހަމަ އެ ކޮމިޝަނުން އަދި އާންމެއް ނުކުރެ އެވެ.

އޮޅުވާލައިގެން އެތައް ބަޔަކު ޕީއެންސީއަށް ވެއްދި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ އިތުރުން ސޮއި ކުރުމުގެ ގާބިލުކަން ނެތް ބަލި މީހުންނާއި އެހެނިހެން ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިން އަދި ރައީސްގެ އާއިލާގެ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ވަގު ފޯމު ފުރައިގެން އެތައް ބަޔަކު ޕީއެންސީއަށް ވެއްދި މައްސަލަ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ވެސް ވަނީ ފުލުހަށް ހުށަހަޅައިފަ އެވެ.