Advertisement

ޕީޕީއެމް އުވާލުމުން އެ ޕާޓީއަށް ރަށްރަށުން ދޫކޮށްފައި ހުރި ބިންތައް އަތުލަނީ

13 ފެބުރުވަރީ 2025 - 05:41 0

އަހުމަދު އާއިދު

އ

Advertisement

2023 ގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން ޕީޕީއެމް އިން ރަށެއްގައި ބޭއްވި ހަރަކާތެެއްގެ ތެރެއިން: އެ ޕާޓީއަށް ދީފައި ހުރި ބިންތައް ކައުންސިލްތަކުން އަތުލަން ފަށައިފި --- ފޮޓޯ: މިރާން ނާޝިމް / އަދަދު


ޕީޕީއެމް އުވާލުމުން އެ ޕާޓީއަށް ރަށްރަށުން ދޫކޮށްފައި ހުރި ބިންތައް އަތުލަނީ

13 ފެބުރުވަރީ 2025 - 05:41 0

Advertisement

Advertisement

ވެރިކަންކުރާ ކޯލިޝަނުގެ ކުރީގެ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމާއެކު އެ ޕާޓީއަށް ދޫކޮށްފައި ހުރި ބިންތައް އަތުލަން ފަށައިފި އެވެ.

ވެރިކަން ކުރާ ޕީއެންސީގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުން، ޕީޕީއެމް އުވާލަން ނިންމީ ޑިސެމްބަރު 2، 2024 ގަ އެވެ. އެ ޕާޓީ އުވާލިކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ޕީޕީއެމްގެ ނަން އުނިކުރީ ޖެނުއަރީ 30، ގަ އެވެ.

Advertisement

މި ނިންމުމާއެކު ނ. ކެނދިކުޅުދޫއިން ޕީޕީއެމްއަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް ދޫކޮށްފައިވާ ބިމެއް އަތުލިކަން އެ ރަށު ކައުންސިލުން އިއްޔެ އިއުލާނުކޮށްފައިވެ އެވެ. ކެނދިކުޅުދޫ ކައުންސިލުން ރިއާޔަތްކުރީ އީސީގެ ނިންމުމަށާއި ޕާޓީތަކަށް ބިން ދޫކުރުމުގައި އެ ކައުންސިލުން ގެންގުޅޭ އުސޫލަށެވެ.

އެ ގޮތުން ޕާޓީ އުވާލުމުގެ އިތުރުން، ބިން އަތުލީ އެ ތަނުގައި ސިޔާސީ ހަރަކާތެއް ނުހިންގާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާތީ ކަމަށް ކައުންސިލުގެ އިއުލާނުގައިވެ އެވެ. މި ބިން ޕީޕީއެމްއަށް ދޫކުރީ އެ ޕާޓީ އިދިކޮޅުގައި އޮއްވާ 2023 ގަ އެވެ. އިދިކޮޅުން އެ އަހަރުގެ ރިޔާސީ ކެމްޕޭނުގެ ހަރަކާތްތައް އެ ބިމުގައި ކުރިއަށް ގެންދިޔަ އެވެ.

ޖުމްލަ 3000 އަކަފޫޓުގެ މި ބިން އަތުލަން ނިންމީ، އީސީން ޕީޕީއެމް އުވާލިކަން އިއުލާނުކުރި ދުވަހު ކަމަށްވެސް ކެނދިކުޅުދޫ ކައުންސިލުން ބުނެފައިވެ އެވެ.

Advertisement

ސިޔާސީ ހަރަކާތްތަކަށް އެކި ރަށްރަށުން ބިންތައް ދޫކޮށްފައިވާއިރު، ވެރިކަންކުރާ ޕީއެންސީ ކުރިން އޮތް ކޯލިޝަނުގެ މައި ޕާޓީގެ ހައިސިއްޔަތުން އެ ކޯލިޝަނުގެ ގިނަ ބިންތައް އޮންނާނީ ޕީޕީއެމްގެ ނަން މަތީގަ އެވެ.