Advertisement

އައްޑޫ ސިޓީގެ ހިތަދޫގައި މީހަކު ރަހީނުކޮށް ބޮލުން އެއްބައި ބާލައި އަނިޔާކޮށްފި

11 ފެބުރުވަރީ 2025 - 07:01 0

ލީވާން އަލީ ނާސިރު

ލ

Advertisement

އައްޑޫ ސިޓީ: ހިތަދޫގައި މީހަކު ރަހީނުކޮށް ބޮލުން އެއްބައި ބާލައި ވަނީ އަނިޔާކޮށްފައި -- ފޯޓޯ: އަދަދު ފައިލް


އައްޑޫ ސިޓީގެ ހިތަދޫގައި މީހަކު ރަހީނުކޮށް ބޮލުން އެއްބައި ބާލައި އަނިޔާކޮށްފި

11 ފެބުރުވަރީ 2025 - 07:01 0

Advertisement

Advertisement

އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނުކޮށް ބޮލުން އެއްބައި ބާލައި އަނިޔާކުރި މައްސަލައެއްގައި ރޭ ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 1:35 ހާއިރު ވެހިކަލެއްގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ހިތަދޫ މައިލޯ ދަނޑު ސަރަހައްދުގައި ތިބި ބަޔަކު ދުވެ ފިލަން މަސައްކަތް ކުރި މަންޒަރު ފެނިފައިވާ ކަމަށެވެ.

Advertisement

އިތުރަށް ބެލި ބެލުމުން އެ ސަރަހައްދުގައި ޖޯއްޔެއްގައި މީހަކު ބަނދެ ބޮލުން ބައެއް ބާލައި އަނިޔާ ކޮށްފައި ހުއްޓާ ފެނިފައިވާ ކަމަށާއި އަނިޔާ ކޮށްފައި ހުއްޓާ ފެނުނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

"މި މައްސަލައިގައި ތުހުމަތުގައި ކުށުގެ ވެށިން ހަތަރު މީހަކާއި ކުޑަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ،" ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 15 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހެކެވެ.

Advertisement

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.