Advertisement

ފިއޮރެންޓީނާ ބަލިކޮށް އިންޓަ އިން ނަޕޯލީއާ ގާތަށް ޖެހިލައިފި

11 ފެބުރުވަރީ 2025 - 11:11 0


ފިއޮރެންޓީނާ ބަލިކޮށް އިންޓަ އިން ނަޕޯލީއާ ގާތަށް ޖެހިލައިފި

11 ފެބުރުވަރީ 2025 - 11:11 0

މިލާން (ފެބްރުއަރީ 11) - އިޓާލިއަން ލީގުގައި ރޭ ފިއޮރެންޓީނާ 2-1 އިން ބަލިކޮށް އިންޓަ މިލާނުން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީއާ ގާތަށް ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އަށް 24 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އިންޓަ އަށް ވަނީ 24 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ. އެޓަލަންޓާ، ތިން ވަނައިގައި އޮތީ 24 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ.

މި މެޗުގައި، އިންޓަ އިން ލީޑުނެގީ، ފިއޮރެންޓީނާގެ މަރީން ޕޮންގްރާޝިޗް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިއީ، ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޕޮންފްރާޝިޗް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ފިއޮރެންޓީނާ އިން އެއްވަރުކުރީ ލިބުނު ޕެނަލްޓީ އަކުން، ރޮލާންޑޯ މަންޑްރަގޯރާ ޖެހި ގޯލުންނެވެ. މިއީ، އޭރިއާތެރެއަށް އައި ހުރަހެއްގައި، އިންޓަގެ މަޓެއޯ ޑާމިއާން އަތުން ބޯޅައިގައި ޖެއްސުމުން، ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި ކަށަވަރުކުރުމަށް ފަހު އެވެ.

ދެ ވަނަ ހާފުގައި އިންޓަ އަށް އަލުން ލީޑުނަގައިދިނީ މާކޯ އާނައުޓޮވިޗް އެވެ. މިއީ، އިންޓަގެ ކާލޯސް އޮގަސްޓޯ ނަގައިދިން ހުރަަހަކަށް އަރައި، އާނައުޓޮވިޗް ޖެހި ގޯލެކެވެ. އާނައުޓޮވިޗަށް މި މެޗުގައި ކުޅުމުގެ ފުރުސަތު ލިބިފައިވަނީ، މާކަސް ތުރާމް އަނިޔާގައި ހުރުމުންނެވެ.