މަސް ދޯނިތައް ކިޔޫގައި ތިބެން ޖެހެނީ ކުރީ ސަރުކާރުތަކުން އެކަން ހައްލު ނުކުރާތީ: ޝިޔާމް

11 ފެބުރުވަރީ 2025 - 05:56 1

ލީވާން އަލީ ނާސިރު

ލ

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: މަސް ދޯނިތައް ކިޔޫގައި ޖެހުން މި ސަރުކާރުން ހައްލުކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް


މަސް ދޯނިތައް ކިޔޫގައި ތިބެން ޖެހެނީ ކުރީ ސަރުކާރުތަކުން އެކަން ހައްލު ނުކުރާތީ: ޝިޔާމް

11 ފެބުރުވަރީ 2025 - 05:56 1

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސް ކިރުމަށްޓަކައި މަސް ދޯނިތައް ކިޔޫގައި ތިބެން ޖެހެނީ ކުރީ ސަރުކާރުތަކުން އެ ކިޔޫ ނައްތާލަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ މިސް ކިރަން ކިޔޫ ނަންބަރު ދޫކުރަން ޖެހުނީ ރާއްޖޭގައި މަސްވެރިކަން ރަނގަޅުވުމުން ކަމަށެވެ.

"ﷲ ގެ އިރާދަފުޅުން މިދިޔަ ނޮވެމްބަރުން ފެށިގެން ދިވެހިރާއްޖޭގެ މަސްވެރިން ވަރަށް ރަނގަޅު. އެއީ ހުރިހާ ސަރުކާރުތަކެއްގައި ވެސް މި ކިޔޫ ނައްތާލަން އެއްވެސް މަސައްކަތެއް ނުކުރެވި އޮތީތީވެ މިއަދު ކިޔޫގައި ދޯނިތައް އެތިބީ އިއްޒަތްތެރި ރައީސް. ރަނގަޅު ވާހަކަފުޅެއް ކިޔޫ ނަންބަރު އެބަ ދެވޭ،" ޝިޔާމް ވިދާޅުވި އެވެ.

މަސް ދޯނިތައް ތިބި ކިޔޫ ކުޑަ ކުރުމަށް މިފްކޯއިން މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ މިފްކޯގެ "ޖަޒީރާ 2" އަދި "ޖަޒީރާ 3" އޮޕަރޭޝަނަށް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ގެނައުމުން މިހާރު އޮތް ކިޔޫއަށް ހައްލެއް ލިބޭނެ ކަމަށެވެ.

"މިދިޔަ ސަރުކާރުގައި މިފްކޯއަށް ގަނެފައި ހުރި ބޯޓުތައް ވަރަށް އެފިޝަންސީ ދަށް. ގިނަ ބޯޓުތައް މިހުރީ އޮޕަރޭޝަނުން ބޭރުގައި. ޖަޒީރާ 2 އަދި ޖަޒީރާ 3 ގެ މަރާމާތު އަޅުގަނޑުމެން ފަށްޓައިފިން ސީޒަނަށް ވާންވާއިރަށް އޮޕަރޭޝަނަށް ގެނެވޭތޯ," މިނިސްޓަރު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މިފްކޯގެ ގަތުމުގެ ފްރީޒިން ކެޕޭސިޓީ ހުރީ 420 ޓަނު ކަމަށާއި ފާއިތުވެދިޔަ ދުވަސްތަކުގައި 450 ޓަނު ވެސް ނަގަން ޖެހޭ ފަދަ ދުވަސްތައް ވެސް އައިސްފައިވާ ކަމަށެވެ.

މިގޮތުން މަސްވެރިކަން ރާއްޖޭގައި މިހާރު އޮތީ މިދިޔަ ދެ އަހަރު އޮތް ހާލަތަށްވުރެ ރަނގަޅަށް ކަމަށާއި މަސްވެރިކަމުގެ ސިނާއަތަށް ކުރިއަށް ގެންދާ މަޝްރޫއުތަކާ އެކު މި އަހަރަށްފަހު މަސް ދޯނިތައް ކިޔޫގައި ތިބެން ޖެހޭ ތިބުން ނިމުމަކަށް ގެންނާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއީ ކިޔޫގައި ޖެހޭނެ ފަހު އަހަރު. އަޅުގަނޑުމެންގެ މި ސަރުކާރުގެ ޑިވެލޮޕްމަންޓް ޕްލޭންގައި ނޫނީ މިހާރު މަސްވެރި ސިނާއަތުގެ ތަރައްގީއަށް މި ކުރެވޭ މަސައްކަތްތަކުން އިރާދަކުރެއްވިއްޔާ މި ކިޔޫ އަޅުގަނޑުމެން ނައްތާލާނަން," ޝިޔާމް ވިދާޅުވި އެވެ.

"މި ކިޔޫ ނައްތާލާނަން. ނައްތާލާފައި މަސްވެރިންނަށް އިރާދަކުރެއްވިއްޔާ އެއްވެސް އުނދަގުލަކާ ނުލައި ދިވެހިރާއްޖޭގައި ﷲ ގެ އިރާދަފުޅުން ކިތަންމެ މަސްވެރިކަން ރަނގަޅަސް އެނގޭތޯ ކިޔޫގައި ނުޖެހި އިރާދަކުރެއްވިއްޔާ މަސް ކިރޭނެ ހާލަތު ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތަށް އަޅުގަނޑުމެން ގެންނާނަން،"

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ގއ. ކޫއްޑޫގައި ހިންގާ މަސް ފެކްޓަރީއަށް މަސް ކިރަން ދާ ދޯނިތައް 10 ދުވަހުގެ ކިޔޫ އަކަށް އަރުވާ ނަމްބަރު ދޫކުރަން ފެށީ މި ހަފްތާ ތެރޭގަ އެވެ.

މިއީ ޑިސެމްބަރު ކުރީކޮޅު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެކައުންޓް އޮންނަ ދޯނިތަކަށް 48 ގަޑިއިރު ތެރޭގައި ކިރާ މަހަށް ފައިސާ ދޭން ސަރުކާރުން ފެށި ފަހުން މިފަދަ މައްސަލައެއް ޖެހުނު ފުރަތަމަ ފަހަރެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ސައިޚް

2 months ago

ޗަކޮޔާ، ޗަކޮއެމެން ވެރިކަން ހޯދަން ދެއްކީ ކުރީ ސަރުކާރުން ނުކުރެވިހުރި ކަންކަން ކޮއްދޭނަމޭ ކިއައިގެން ދަޅަދެއްކުންނޫންބާ.؟ އެހެންވީމަ ކުރީ ސަރުކާރޭ ، ވައިނޮޅިއޭ ނުކިއާ ހައްލުކޮއްބަލަ.