ފަސް އަހަރުތެރޭގައި ރިސޯޓުތަކަށް ދޫކުރި ލޯނު 400 މިލިއަން ޑޮލަރަށް އަރައިފި

10 ފެބުރުވަރީ 2025 - 02:42 0

ލީވާން އަލީ ނާސިރު

ލ

ބީއެމްއެލްގެ ހެޑް އޮފީސް


ފަސް އަހަރުތެރޭގައި ރިސޯޓުތަކަށް ދޫކުރި ލޯނު 400 މިލިއަން ޑޮލަރަށް އަރައިފި

10 ފެބުރުވަރީ 2025 - 02:42 0

ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ރިސޯޓު މަޝްރޫއުތަކަށް ދޫކުރި ލޯނު 400 މިލިއަން އެމެރިކާ ޑޮލަރަށް (6.17 ބިލިއަން ރުފިޔާ) އަށް ވުރެ އިތުރު ވެފައިވާ ކަމަށް ބޭންކު އޮފް މޯލްޑިވްސްއިން އިން ބުނެފި އެވެ.

އިއްޔެ ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ "ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ކޮންމެ މަރުހަލާއެއްގައި ވެސް އެހީތެރިވުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ފުރިހަމަ މާލީ ހައްލުތަކާއެކު ބިއެމްއެލް އޮތީ ތައްޔާރަށް" ކަމަށެވެ.

"ރިސޯޓު ތަރައްގީ ކުރުމަށް ފައިނޭންސްކޮށްދިނުމުގެ އިތުރުން، ބޭންކުން ވަނީ ވަރކިން ކެޕިޓަލް، ވިޔަފާރި ފައިނޭންސިން، އަދި ޑިޖިޓަލް ޕޭމަންޓް ހައްލުތައް ހުށަހަޅާފަ އެވެ. މިއީ ވިޔަފާރިތަކާއި ފަތުރުވެރިންނަށް އެއްވެސް ދަތިކަމެއްނެތި މުއާމަލާތްތައް ކުރެވޭނެކަން ކަށަވަރުކޮށްދިނުމަށްޓަކަ އެވެ،" ބީއެމްއެލްއިން ނޫސްތަކަށް ފޮނުވި ލިޔުމެއްގައި ބުނެފައިވެ އެވެ.

ޝަރީފް ވިދާޅުވީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި، ބީއެމްއެލްއިން އަހަރަކު 150 މިލިއަނަށްވުރެ ގިނަ މުއާމަލާތް ހިންގާ ކަމަށެވެ. މި މުއާމަލާތްތަކުގެ އަގު ގާތްގަނޑަކަށް 500 ބިލިއަން ރުފިޔާ އަށް އަރައެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ކުރެވޭ ގިނަ އަދަދެއްގެ ޔޫއެސް ޑޮލަރުގެ މުއާމަލާތްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްއިން އިއްޔެ ވަނީ ރިސޯޓުތަކުގައި ހިންގާ ތިމާވެއްޓާ ރައްޓެހި މަޝްރޫއުތަކަށް އެހީތެރިވުމަށް ކުޑަ ރޭޓެއްގެ "ގްރީން ލޯނެއް" އެއް ވެސް ތައާރަފުކޮށްފަ އެވެ.

މި ލޯނު ދޫކުރާނީ އަހަރަކު 6.5 ޕަސެންޓު ރޭޓުގައި، 50 މިލިއަން ރުފިޔާއާ ހަމައަށެވެ.