about 4 hours 0
އަމަން ހަލީމް
އައްޑޫ އަތޮޅުގައި އޮންނަ ޝަންގްރީލާ ރިސޯޓު: ބަންދުކޮށްފައި ހުރި ރިސޯޓުތައް އަލުން ނުހުޅުވާނަމަ ބަދަލެއް ނުދީ އަތުލަން ސަރުކާރުން ބޭނުންވޭ -- ފޮޓޯ: ގެޓީ އިމޭޖަަސް
about 4 hours 0
ރަށްރަށުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ރަށްތައް ޓޫރިޒަމްގެ ބޭނުމަށް ކަނޑައެޅުގެ ބާރު ރައީސްއަށް ލިބޭ ގޮތަށް ޓޫރިޒަމްގެ ގާނޫނު ބަދަލުކުރަން ހުށަހަޅާފައިވާ ބިލަށް އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.
މަޖިލީހުން ކުރި އިއުލާނުގައި ވަނީ އާންމުންގެ ހިޔާލުތަކާއި ކޮމެންޓުތައް، އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން މި ބިލު ދިރާސާކުރަމުން އަންނަ އިގުތިސޯދީ ކޮމިޓީގެ މެއިލްއަށް ފޮނުވަން ފުރުސަތު ދީފަ އެވެ.
ސަރުކާރުން ބޭނުން ވެގެން ޓޫރިޒަމް ގާނޫނު ބަދަލުކުރަން ހުށަހެޅި މައިގަނޑު ސަބަބެއްގެ ގޮތުގައި ބިލުގައި އޮތީ ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅިގެން، ކްރޮސް ސަބްސިޑީގެ އުސޫލުން ރަށްރަށާއި، ފަޅުފަޅާއި އަދި ބިންތައް ދޫކުރެވޭ ގޮތް އިތުރަށް ފަސޭހަ ކުރުމެވެ. މި ބިލު ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒެވެ.
އެ ބިލުގައި ހިމެނޭ އެހެން ކަންތައްތަކުގެ ތެރޭގައި ކުލީގެ މުއްދަތު އިތުރުކުރަން އިންވެސްޓަރުންނަށް ތަފާތު އޮޕްޝަންތަކެއް ދިނުން ވެސް ހިމެނެ އެވެ. އެ ގޮތުން ކުލި މުއްދަތު އިތުރުކޮށްދެނީ ބިލު ފާސްވެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަހުގެ ތެރޭގައި ފައިސާ ދައްކާ ނަމަ:
ބިލަށް އަމަލުކުރާތާ ހަ މަސް ފަހުން ކުލި މުއްދަތު އިތުރުކުރާ ނަމަ އިތުރުކުރާ ކޮންމެ އަހަރަކަަށް ދެ ލައްކަ ޑޮލަރު އަދި އެކީ އެއް ފަހަރާ ފައިސާ ދައްކާ ނަމަ 15 މިލިއަން ޑޮލަރު ދައްކައިގެން 49 އަހަރަށް ކުލި އިތުރުކުރެވެ އެވެ.
ޓޫރިޒަމް ގާނޫނުގައި ބަދަލުކުރަން ހުށަހަޅާފައިވާ އެހެން ބައެއް ކަންތައްތަކާ މެދު ވިޔަފާރިތަކާއި އާންމުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެންމެ ކަންބޮޑުވާ އެއް ކަމެއްގެ ގޮތުގައި އޮތީ ރީޑިވެލޮޕް ކުރާ ރިސޯޓުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވަން އެއްބަސްވާ މުއްދަތުގެ ތެރޭގައި ނުހުޅުވައިފި ނަމަ އެއްވެސް ބަދަލެއް ދިނުމެއް ނެތި ރިސޯޓު އަތުލެވޭ ގޮތަށް އަތުމެވެ. އަދި ހިދުމަތް ދިނުން ހުއްޓާލައިފި ނަމަ ވެސް އެއްބަސްވުން ބާތިލުކުރެވެ އެވެ.
އޭގެ އިތުރުން ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތައް އިޝްތިހާރުކުރުމުގެ ހަމަތަކެއް ކަނޑައަޅަން ސަރުކާރުން ބޭނުންވާތީ ވެސް ކަންބޮޑުވުން އެބަހުއްޓެވެ. ސަރުކާރުން ހުށަޅާފައި ވަނީ ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަން އިޝްތިހާރު ކުރުމާއި ގުޅޭ ގަވާއިދެއް ހަދައި އެ ތަންތަނާ ބެހޭ މައުލޫމާތު އާންމުކުރަން ގަވާއިދެއް ހަދާށެވެ.
ސަރުކާރުން ވަނީ މިހާރު އޮންނަ ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓު ފަންޑު އުވާލައި, ޓޫރިޒަމް ޓްރަސްޓް ފަންޑަކަށް ބަދަލުކޮށް, މި ފައިސާ އިންވެސްޓުކުރެވޭ ގޮތަށް ބަދަލުކުރަން ވެސް ހުށަހަޅާފަ އެވެ. ނަމަވެސް ދައުލަތުގެ ފިސްކަލް ބޭނުމަކަށް ޓަކައި މި ފައިސާ އަނބުރާ ދައްކާ ގޮތަށް ބޭނުންކުރަން މަނާ މާއްދާއެއް ވެސް ބިލުގައި ހިމަނާފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment