Advertisement

އެމްބާޕޭ ގޯލު ޖަހައި ރެއާލަށް އެތުލެޓިކޯ އަަތުން ޕޮއިންޓެއް

9 ފެބުރުވަރީ 2025 - 10:32 0


އެމްބާޕޭ ގޯލު ޖަހައި ރެއާލަށް އެތުލެޓިކޯ އަަތުން ޕޮއިންޓެއް

9 ފެބުރުވަރީ 2025 - 10:32 0

މެޑްރިޑް (ފެބްރުއަރީ 9) - ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ޖެހި ގޯލުން ރެއާލް މެޑްރިޑުން 1-1 އިން އެތުލެޓިކޯ މެޑްރިޑާ އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

ސްޕެނިޝް ލީގުގެ އެއް ވަނައިގައި ރެއާލް އޮތީ 23 މެޗުން 50 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 23 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 22 މެޗުން 45 ޕޮއިންޓް ލިބިފަ އެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯ އިން ވަނީ ލީޑުނަގައިފަ އެެވެ. މި ލަނޑު ޖެހީ، ލިބުނު ޕެނަލްޓީ އަކުން ހޫލިއަން އަލްވަރޭޒް އެވެ. މި ޕެނަލްޓީ އަކީ ރެއާލްގެ އޭރިއާތެރެއިން އެ ޓީމުގެ އައުރެލިއަން ޗުއަމެނީ އެތުލެޓިކޯގެ ސެމުއެލް ލީނޯ އަށް ފައުލުކުރުމުން ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ދިނީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން، ދަނޑުގައި ހުރި މޮނީޓަރުން ވެސް ބަލައި ޔަގީންކޮށްފަ އެވެ.

ފުރަތަމަ ހާފުގައި އެތުލެޓިކޯ އިން ލީޑުގައި އޮވެ، ނިންމާލި ނަމަވެސް ދެ ވަނަ ހާފު ފަށައިގެން، ފަސް ވަނަ މިނިޓްގައި އެމްބާޕޭ ވަނީ އެޓޭކެއްގައި ރަނގަޅު ތަނަށް އަރައި، ގޯލު ޖަހައިފަ އެވެ. މިއީ، މި ފަހަރު ލީގުގައި އެމްބާޕޭގެ 16 ވަނަ ގޯލެވެ.

ރެއާލް މޮޅުކޮށްދޭން ޖޫޑް ބެލިންހަމް ރަނގަޅު އެޓޭކްތަކެއް ކުރި އެވެ. އެ ގޮތުން، އެއް ބޯޅަ ހުރަސްދަނޑިއަށް އަމާޒުވިއިރު، އަނެއް ހަމަލާ އެތުލެޓިކޯގެ ކީޕަރު، ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ.