Advertisement

ލޯކަލް ކައުންސިލް ބައި-އިލެކްޝަން: އިންތިހާބު ބޭއްވި ދާއިރާތަކުން ޕީއެންސީއަށް ނުވަ ގޮނޑި، އެމްޑީޕީއަށް ދެ ގޮނޑި

8 ފެބުރުވަރީ 2025 - 21:31 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބައި-އިލެކްޝަންގައި ވޯޓުލުމުގެ ތެރެއިން -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން


ލޯކަލް ކައުންސިލް ބައި-އިލެކްޝަން: އިންތިހާބު ބޭއްވި ދާއިރާތަކުން ޕީއެންސީއަށް ނުވަ ގޮނޑި، އެމްޑީޕީއަށް ދެ ގޮނޑި

8 ފެބުރުވަރީ 2025 - 21:31 1

މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި އިންތިހާބު ބޭއްވި ދާއިރާތަކުން ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ނުވަ ގޮނޑި ކާމިޔާބުކުރިއިރު، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ދެ ގޮނޑި ހޯދައިފި އެވެ.

ބައި-އިލެކްޝަންގައި އަމިއްލަ ގޮތުން ވާދަކުރި ދެ ކެންޑިޑޭޓަކު ވަނީ ޕީއެންސީގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ޖުމްލަ 12 ދާއިރާއަކަށް 13 މެންބަރުން އިންތިހާބުކުރި ބައި-އިލެކްޝަންގައި ޕީއެންސީން ހުރިހާ ދާއިރާއަކަށް ވާދަކުރިއިރު، އެމްޑީޕީން ވާދަކުރީ ހަ ދާއިރާއެއްގެ ހަ ގޮނޑިއަށެވެ. އަދި އަމިއްލަ ގޮތުން ކެންޑިޑޭޓުން ކުރިމަތިލީ ހަ ދާއިރާއަކަށެވެ.

އޭގެ އިތުރުން އިންތިހާބަކާ ނުލައި ޕީއެންސީން ވަނީ 24 ގޮނޑި ގެންގޮސްފަ އެވެ. އެ ދާއިރާތަކުގެ އިންތިހާބު ނުބޭއްވީ އެންމެ ކެންޑިޑޭޓަކު ކުރިމަތިލުމުންނެވެ.

ޕީއެންސީން ބައި-އިލެކްޝަންތައް ކާމިޔާބުކުރި ކެންޑިޑޭޓުން:

  • އާތިފާ މޫސާ - ނ. ލަންދޫ (ޑަބްލިއުޑީސީ)
  • އައިޝަތު އީޝާ އަދި ޒުލްފާ އާދަމް - ރ. އިންނަމާދޫ (ޑަބްލިއުޑީސީ)
  • ފަހީމާ އަބްދުﷲ - ހދ. ހިރިމަރަދޫ (ޑަބްލިއުޑީސީ)
  • އާމިނަތު އަފްރާހު - ލ. ގަން (ޑަބްލިއުޑީސީ)
  • ނަޖުވާ ފާރޫގު - ބ. ގޮއިދޫ (ޑަބްލިއުޑީސީ)
  • އާއިޝަތު އަމާނީ އަބްދުލް ހާދީ - ނ. ފޮއްދޫ (ޑަބްލިއުޑީސީ)
  • ރުގިއްޔާ ރަޒީނާ - ތ. ބުރުނި (ޑަބްލިއުޑީސީ)
  • އާމިނަތު ޝިފާނާ - ގއ. ކަނޑުހުޅުދޫ (ޑަބްލިއުޑީސީ)

އެމްޑީޕީ ބައި-އިލެކްޝަންތައް ކާމިޔާބުކުރި ކެންޑިޑޭޓުން:

  • ހަދީޖާ އިބްރާހިމް - އދ. ހަންޏާމީދޫ (ޑަބްލިއުޑީސީ)
  • އާމިނަތު އަތުމާ - ނ. މިލަދޫ (ޑަބްލިއުޑީސީ)

އަމިއްލަ ގޮތުން ބައި-އިލެކްޝަންތައް ކާމިޔާބުކުރި ކެންޑިޑޭޓުން:

  • އިބްރާހިމް މުހައްމަދު - ހދ. މަކުނުދޫ ކައުންސިލް މެންބަރު
  • ފާތިމަތު ރިސާލާ - ދ. ހުޅުދެލި (ޑަބްލިއުޑީސީ)