Advertisement

މީކާއިލްގެ ކާމިޔާބީތައް ފާހަގަކޮށް ޖަމާލުއްދީން ސްކޫލުން ކުރި ޕޯސްޓު އެޑިއުކޭޝަނުން އަންގައިގެން ޑިލީޓްކޮށްފި

6 ފެބުރުވަރީ 2025 - 20:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މީކާއިލް ނަސީމް: ޖަމާލުއްދީން ސްކޫލުން މީކާއިލްއާ ގުޅޭގޮތުން ކުރި ޕޯސްޓު އެޑިއުކޭޝަނުން އަންގައިގެން ވަނީ ޑިލީޓްކޮށްފައި -- ފޮޓޯ: އަދަދު


މީކާއިލްގެ ކާމިޔާބީތައް ފާހަގަކޮށް ޖަމާލުއްދީން ސްކޫލުން ކުރި ޕޯސްޓު އެޑިއުކޭޝަނުން އަންގައިގެން ޑިލީޓްކޮށްފި

6 ފެބުރުވަރީ 2025 - 20:59 0

ޖަމާލުއްދީން ސްކޫލުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމްއާ ގުޅޭ ގޮތުން ކުރި ޕޯސްޓް ޑިލީޓްކޮށްލައިފި އެވެ.

ޖަމާލުއްދީން ސްކޫލުން އަންނަނީ އެ ސްކޫލުގެ 40 ވަނަ އަަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުން ތައުލީމު ހާސިލުކުރި 40 އިސްދަރިވަރެއްގެ ކާމިޔާބީ ގެނެސްދެމުންނެވެ. އެ ސްކޫލުގެ ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކު އެއް އިސްދަރިވަރުގެ މައުލޫމާތު އަންނަނީ ހާމަކުރަމުންނެވެ.

މިއަދު ހެނދުނު ކުރި ޕޯސްޓެއްގައި ޖަމާލުއްދީނުން ކިޔެވިއިރު މީކާއިލް ހޯދި ކާމިޔާބީތަކާއި ސިޔާސީ ދާއިރާ އާއި އަދި އެހެނިހެން ގޮތްގޮތުން އޭނާ ހޯދި ބައެއް ކުރިއެރުންތައް އެ ސްކޫލުގެ ސޯޝަލް މީޑިއާގައި ގެނެސްދީފައިވެ އެވެ. މީކާއިލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަމާލުއްދީނުން އެފަދަ ޝަރަފެއް އޭނާއަށް ދެއްވި ކަމަށްޓަކައި އެ ސްކޫލަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީގެ ޕްރެޝަރާ ގުޅިގެން އެ ޕޯސްޓް ޑިލީޓް ކުރަން ޖެހުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާ މީކާއިލް ވިދާޅުވީ މިގޮތަށް މައިކްރޯ މެނޭޖް ކުރާ ސަރުކާރެއް ނުދެކޭ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު "އަދަދު" އަށް ވިދާޅުވީ ޕޯސްޓް ޑިލީޓް ކުރުމަކީ ވަރަށް ދެރަކޮށް ހިނގާފައި އޮތް ކަމެއް ކަމަށާއި އެކަން ހިނގާފައި އޮތް ގޮތް ބަލަން އަންގާފައިވާ ކަމަށެވެ.

ޖަމާލުއްދީން ސްކޫލްގައި ސްކައުޓެއްގެ މަގާމާއި ޕްރިފެކްޓެއްގެ އިތުރުން ޑެޕިއުޓީ ހައުސް ކެޕްޓަނެއްގެ ގޮތުގައި 2006 ވަނަ އަހަރު ހުންނެވި މީކާއިލް ވަނީ 2015 ގައި ކެމްބްރިޖް-ކޮމަންވެލްތު ސްކޯލާޝިޕް ހޯއްދަވައި ބެޗްލާސް ޑިގްރީ އިން ޕޮލިޓިކްސް، ސައިކޮލޮޖީ އަދި ސޯޝިއޮލޮޖީ ހާސިލް ކުރައްވާފަ އެވެ.

އަދި މީކާއިލް ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބެތު އިން އިންޓަނޭޝަނަލް ރިލޭޝަންސް ދާއިރާއިން މާސްޓާސް ޑިގްރީ ވެސް ހާސިލް ކުރައްވާފަ އެވެ.

އެމްޑީޕީގެ ޔޫތު ވިންގްގެ ރައީސަކަށް 2017 ގައި އިންތިހާބުވި މީކާއިލް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު މިހާރު ފުރުއްވަމުން ގެންދަވާއިރު، އޭނާ އެންމެ ފުރަތަމަ މަޖިލީހަށް އިންތިހާބުވީ 2019 ގަ އެވެ.