Advertisement

ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުންގެ އަޑު އެހުމަކީ ލިބޭ އުފަލެއް: ރައީސް

6 ފެބުރުވަރީ 2025 - 06:12 0

ލީވާން އަލީ ނާސިރު

ލ

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު: ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުންގެ އަޑު އެހުމަކީ ލިބޭ އުފަލެއް ކަމަށް ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުންގެ އަޑު އެހުމަކީ ލިބޭ އުފަލެއް: ރައީސް

6 ފެބުރުވަރީ 2025 - 06:12 0

Advertisement

Advertisement

ރައްޔިތުންގެ އަޑުއަހައި ރައްޔިތުން އެދޭ އަމާޒަށް ވާސިލުވުމުގައި ކާމިޔާބު ހޯދުމަކީ ލިބޭ އުފަލެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ދެމި އޮންނަނީ ރައްޔިތުންނަށްވީ ވައުދުތަށް ފުއްދުމުގައި، ނަތީޖާ ނެރެދިނުމުގައި. ހީވާގިކަމާއި، ކެރުމާއި، މުރާލިކަމާ އެކު، ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމުގައި ކަމަށެވެ.

Advertisement

"ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުންގެ އަޑުއަހާ ރައްޔިތުންގެ އެދޭ އަމާޒަށް ވާސިލުވުމުގައި ކާމިޔާބީ ހޯދުމަކީ އަޅުގަނޑުގެ އުފާ، އަޅުގަނޑުގެ ވާޖިބު، މަސްއޫލިއްޔަތު، މި މަސްއޫލިއްޔަތު އަދާކުރުމުގައި ހަމަ ކޮންމެ ރައްޔިތެއް އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ. އެއްވަރު،" ރައީސް ވިދާޅުވި އެވެ.

ވެރިކަމާ ހަވާލުވުމަށްފަހު ރައީސް މުއިއްޒު ދަނީ ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތް ކުރައްވައި، ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. މިގޮތުން ވެރިކަމާ ހަވާލުވިފަހުން އެމަނިކުފާނު ވަނީ އެންމެ ކައުންސިލެއް ފިޔަވައި އެހެން ހުރިހާ ކައުންސިލަކާ ބައްދަލުކުރައްވާފަ އެވެ.

ރައީސް މުއިއްޒު ކުރިން ވިދާޅުވީ ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލު ކުރައްވަމުން ގެންދަވަނީ މައްސަލަތައް ދެނެގަނެ، ވީހާ ވެސް ގާތުން ހިދުމަތް ދިނުމުގެ ގޮތުން ކަމަށެވެ.

Advertisement

މި އަހަރު ވެސް ރަށްރަށަށް ރައީސް މުއިއްޒު ދަތުރު ކުރައްވަމުން ގެންދަވާއިރު، ރާއްޖޭގެ ހުރިހާ ރަށަކަށް ދެވަނަ ބުރަކަށް ދަތުރު ކުރައްވަން އަންނަ އަހަރު ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވެރިކަމުގެ ފަސް އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދެ ފަހަރެއްގެ މަތިން ޒިޔާރަތްކޮށް، ރައްޔިތުންނާ ބައްދަލު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.