Advertisement

މި އަހަރު ރާއްޖޭގެ އިގުތިސޯދު 6.4 ޕަސެންޓު ކުރިއަރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

6 ފެބުރުވަރީ 2025 - 09:39 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޑޮލަރު މާރުކުރުން މަޖުބޫރުކުރާ ގަވާއިދު އާންމުކުރުމަށް ރައީސް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ. ރާއްޖޭގެ އިގު


މި އަހަރު ރާއްޖޭގެ އިގުތިސޯދު 6.4 ޕަސެންޓު ކުރިއަރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

6 ފެބުރުވަރީ 2025 - 09:39 0

ރާއްޖޭގެ އިގުތިސޯދު މި އަހަރުގެ ތެރޭގައި 6.4 ޕަސެންޓުން ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ގައުމުގެ އިގުތިސޯދީ ހާލަތާ ގުޅޭގޮތުން އެމަނިކުފާނު ވަނީ ބައެއް މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން، މި އަހަރުގެ ތެރޭގައި ކުރިއަށްދާނެ އިގުތިސޯދީ ހަރަކާތްތަކާއި އެ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

"ރާއްޖޭގެ އިގުތިސޯދު 6.4 އިންސައްތައިން ކުރިއަރާނެކަމަށް ވަނީ އަންދާޒާކުރެވިފާ....." ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، މި އަހަރު ނިމުނުއިރު ރަސްމީ ރިޒާވުގައި 673.2 މިލިއަން ޑޮލަރު ހުރި ކަމަށާއި އެއީ 2023 ވަނަ އަހަރު ނިމުނު އިރުގައި ހުރި ވަރަށް ވުރެ 14 އިންސައްތަ އިތުރު އަދަދެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އުންމީދީ އަންދާޒާއަކީ އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވު 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވުން،" ރައީސް ވިދާޅުވި އެވެ.

އިގުތިސޯދީ މި އުފާވެރި ނަތީޖާތަކާއެކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައި މި ވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ ވެސް ދިވެހި ދައުލަތާއި ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއް."

އިގުތިސޯދު 6.4 ޕަސެންޓުން ކުރިއަރާނެ ކަމަށް ރައީސް ވިދާޅުވިއިރު, މިދިޔަ އަހަރު އިގުތިސޯދު ކުރިއެރީ 5.5 ޕަސެންޓެވެ. އަދި މުޅި އިގުތިސޯދު އަގު ކުރެވިފައިވަނީ 108 ބިލިއަން ރުފިޔާގަ އެވެ.