Advertisement

މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކުރަން ފަށައިފި

6 ފެބުރުވަރީ 2025 - 09:10 0

އަހުމަދު އާއިދު

އަހުމަދު އާއިދު


މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކުރަން ފަށައިފި

6 ފެބުރުވަރީ 2025 - 09:10 0

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާން އިއްވަމުން ގެންދަވާއިރު، އިދިކޮޅު މަޖިލިސް މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.

މަޖިލީހުގެ ތިއްބެވި އެމްޑީޕީގެ 12 މެންބަރުން ގެންދަވަނީ ނުރުހުމުގެ ޝުއޫރުތަކާއެކު އަޑުގަދަކުރައްވަމުންނެވެ. އަދި ރައީސް މުއިއްޒު އަށާއި އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ، އެކި ލިޔުންތައް ލިޔެފައި ހުރި ޕޯސްޓަރުތައްވެސް މެންބަރުން ބޭނުންކުރައްވަމުން ގެންދަވަ އެވެ.

އެގޮތުން، މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި ގިނަ ކަންކަން ނުވާކަން ފާހަގަކޮށް، ރައްޔިތުންނަށް ދޮގު ނުހެއްދެވުމަށްވެސް އިދިކޮޅު މެންބަރުން ދަނީ ރައީސް އަށް ހަނދުމަކޮށްދެއްވަމުންނެވެ.

މަޖިލިސް މެންބަރުންގެ އިތުރުން އެމްޑީޕީގެ ލީޑަޝިޕާއި އާންމު މެންބަރުން ގެންދަނީ ސޯސަން މަގު، މަޖީދިއްޔާ ސްކޫލު ކައިރި ކަންމަތީގައި އިހުތިޖާޖުކުރަމުންނެވެ.

މި މުޒާހަރާ އަދި ރިޔާސީ ބަޔާނާ ގުޅިގެން ސިފައިންނާއި ފުލުހުން ދަނީ މަޖިލިސް ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ، ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލާ މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޮޑު އެއްވުމެއް ވެސް އެމްޑީޕީން ކުރިއަށް ގެންދިޔަ އެވެ.

މަޖިލިސްގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވާ ގޮތަށް ހަމަޖެހިފައިވާއިރު، މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާ އެމަނިކުފާނާ ދެމެދު ވަނީ މައްސަލަ ޖެހިފަ އެވެ.