Advertisement

އެމްޑީޕީން މަޖިލިސް ދޮށަށް އެއްވާން ފަށައިފި، ސެކިއުރިޓީ ވަރުގަދަ

6 ފެބުރުވަރީ 2025 - 08:37 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީން މަޖިލިސް ދޮށަށް އެއްވުން: އެ ސަރަހައްދުގައި ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައި -- ފޮޓޯ: އަދަދު


އެމްޑީޕީން މަޖިލިސް ދޮށަށް އެއްވާން ފަށައިފި، ސެކިއުރިޓީ ވަރުގަދަ

6 ފެބުރުވަރީ 2025 - 08:37 1

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ފެށުމަށް މިއަދު ބާއްވާ ޖަލްސާއާ ދިމާކޮށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މަޖިލިސް ދޮށަށް އެއްވާން ފަށައިފި އެވެ.

މަޖިލިސް ކައިރީ ފުލުހުންގެ ސެކިއުރިޓީ ވަރުގަދަކޮށް، ބޮޑު ސަރަހައްދެއް ވަނީ ބަންދުކޮށްފަ އެވެ. އެގޮތުން، އެމްޑީޕީގެ ސަޕޯޓަރުން އެއްވެ ތިބީ މަޖީދިއްޔާ ސްކޫލް ކަންމަތީގަ އެވެ.

މީގެ ކުރިން، މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވި ޖަލްސާއާ ގުޅިގެން ވެސް މިފަހަރު ބަންދު ކުރަން ނިންމާފައިވާހައި ބޮޑު ސަރަހައްދެއް ބަންދެއް ނުކުރެ އެވެ. މިއަދުގެ ޖަލްސާއާ ގުޅިގެން ސެކިއުރިޓީ ވަރުގަދަ ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެމްޑީޕީ ސަޕޯޓަރުންގެ އިތުރުން އެކި ޖަމިއްޔާތަކުން ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރާ އެކު ވަނީ އެއްވެފަ އެވެ.

އެމްޑީޕީން މަޖިލިސް ދޮށަށް އެއްވުން: އެ ސަރަހައްދުގައި ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައި -- ފޮޓޯ: އަދަދު


ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ، ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލާ މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޮޑު އެއްވުމެއް ވެސް އެމްޑީޕީން ކުރިއަށް ގެންދިޔަ އެވެ.

މަޖިލިސްގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވާ ގޮތަށް ހަމަޖެހިފައިވާއިރު، މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާ އެމަނިކުފާނާ ދެމެދު ވަނީ މައްސަލަ ޖެހިފަ އެވެ.

މީގެއިތުރުން އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް މަގާމުން ދުރުކުރުމާ އެކު ހުޅުފަޅައިގެންދިޔަ މި ނުތަނަވަސްކަމުގެ ތެރެއިން، މަޖިލީހުގެ ރައީސްކަމުން އެމަނިކުފާނު ދުރުކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ.