Advertisement

އިންޑިއާ ސަފީރުއާ ބައްދަލު ކުރައްވައި ތިލަމާލެ ބްރިޖު އަވަސް ކުރަން މުއްތަލިބު މަޝްވަރާ ކުރައްވައިފި

5 ފެބުރުވަރީ 2025 - 16:16 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހައުސިން މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުން -- ފޮޓޯ: ހައުސިން މިނިސްޓްރީ


އިންޑިއާ ސަފީރުއާ ބައްދަލު ކުރައްވައި ތިލަމާލެ ބްރިޖު އަވަސް ކުރަން މުއްތަލިބު މަޝްވަރާ ކުރައްވައިފި

5 ފެބުރުވަރީ 2025 - 16:16 1

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ބަލަސުބްރަމާނިއަން އާ ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު ބައްދަލު ކުރައްވައި ތިލަމާލެ ބްރިޖު މަޝްރޫއު އަވަސް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުންނާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިއީ ބަލަސުބްރަމާނިއަން ރާއްޖޭގެ ސަފީރުކަމާ ހަވާލުވެވަޑައިގެން ފަހުން ހައުސިން މިނިސްޓަރާއެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.

ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ބަލަސުބްރަމަނިއަން ހަމަޖެއްސީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ. ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އޭނާ އެރުއްވީ މިދިޔަ ޖެނުއަރީ 6، ގަ އެވެ.

ސަފީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ބަލަސުބްރަމާނިއަން ގެންދަވަނީ ރާއްޖޭގެ އެކި ފަންތީގެ ބޭފުޅުންނާ ބައްދަލު ކުރައްވަމުންނެވެ.