Advertisement

ޔޫކޭ އަދި ޖަޕާނުގެ އައު ސަފީރުން ރައީސް އަށް ފަތްކޮޅު އަރުވައިފި

4 ފެބުރުވަރީ 2025 - 12:39 0

އަހުމަދު އާއިދު

އ

Advertisement

ރައީސް މުއިއްޒު، ޖަޕާނުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރާ ބައްދަލުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް


ޔޫކޭ އަދި ޖަޕާނުގެ އައު ސަފީރުން ރައީސް އަށް ފަތްކޮޅު އަރުވައިފި

4 ފެބުރުވަރީ 2025 - 12:39 0

Advertisement

Advertisement

ދެ ގައުމަކުން ރާއްޖެއަށް އަލަށް ކަނޑައޅުއްވި ސަފީރުން، މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުއްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެދުނު ކުރިއަށް ގެންދިޔަ ވަކި ދެ ހަފުލާއެއްގައި ރައީސް އަށް ފަތްކޮޅު އެރުވީ ޖަޕާނު އަދި އިނގިރޭސިވިލާތުގެ ސަރުކާރުން ރާއްޖެއަށް އަލަށް ކަނޑައެޅި ދެ ސަފީރުންނެވެ.

Advertisement

މި ދެ ރަސްމިއްޔާތަށް ދެ ސަފީރުން ރައީސް އޮފީހަށް ވަޑައިގެންނެވީ ޖުމްހޫރީ މައިދާނުން ފެށިގެން ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ޖަޕާނުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރަކީ އިޝިގާމީ ރުމީކޯ އެވެ. ފަތްކޮޅު އެރުއްވުމަށްފަހު ރުމީކޯ ވަނީ ރައީސް މުއިއްޒުއާއެކު ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ މިއަދު ބައްދަލުވުމުގައި ރައީސް މުއިއްޒު އަދި ޖަޕާނުގެ ސަފީރު މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ޑިސާސްޓަރ މެނޭޖްމަންޓް އަދި އިޔާދަކުރުވަނިވި ހަކަތައިގެ ދާއިރާ ހިމެނޭ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާމެދު މަޝްވަރާ ކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.

Advertisement

ރައީސް މުއިއްޒު އިނގިރޭސި އައު ސަފީރު އަދި އޭނާގެ ޓީމާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް


އިނގިރޭސިވިލާތުން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ނިކޮލަސް ޑޭވިޑް ލޯ އެވެ.

ފަތްކޮޅު އެރުއްވުމަށްފަހު ރައީސް އާއި ސަފީރު ބައްދަލުކުރައްވާ ދެ ގައުމު ގުޅިގެން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް، މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ހާއްސަކޮށް މަތީ ތައުލީމުގެ ދާއިރާގެ މަޝްވަރާތަކެއް ކުރިއަށް ގެންދެވި ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

އަދި، މޫސުމީ ބަދަލުގެ ސަބަބުން ދިމާވާ މައްސަލަތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަދެއްކެވި ކަމަށް ރައީސް އޮފީހުން ނެރުނު ހަބަރުގައި ބުނެފައިވެ އެވެ.