Advertisement

ތުރުކީ އިން ސްރީ ލަންކާގެ ފުޓްބޯޅަ އަށް އެހީވަނީ

4 ފެބުރުވަރީ 2025 - 14:11 0


ތުރުކީ އިން ސްރީ ލަންކާގެ ފުޓްބޯޅަ އަށް އެހީވަނީ

4 ފެބުރުވަރީ 2025 - 14:11 0

ކޮލަމްބޯ (ފެބްރުއަރީ 4) - ތުރުކީ ސަރުކާރާއި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ފަރާތުން ސްރި ލަންކާގެ ފުޓްބޯޅަ އަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

ތުރުކީ ސަރުކާރުން ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅާފައިވާ ސަފީރު، ސެމީހު ލޫފްތޫއާ އެކު، ސްރީ ލަންކާގެ ފުޓްބޯޅަ ރައީސް، ޖޭސްވާރު އުމަރު ވަނީ ދާދި ފަހުން ބައްދަލުވުމެއް ބާއްވައިފަ އެވެ.

މި ބައްދަލުވުމުގައި، ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ، އާސިފް އަންސާރު އާއި ލަންކާ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ކުވެއިތުގެ އަބްދުﷲ އަލް މުތައިރީ ވެސް ބައިވެރިވި އެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި، ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނާއި ސްރީ ލަންކާއާ ގުޅިގެން، ޓެކްނިކަލް މަަސައްކަތްތައް ކުރުމާއި ޔޫތު ޑިވެލޮޕްމަންޓަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ޕްރޮގްރާމްތައް ހިންގުން ހިމެނެ އެވެ.

ސްރީ ލަންކާގެ ފުޓްބޯޅަ ރައީސް، ޖޭސްވާރު އުމަރު ދެކިލައްވާ ގޮތުގައި، ސްރީ ލަންކާ ފުޓްބޯޅަ ރަނގަޅު މިސްރާބުން ކުރިއަށްދިއުމުގައި ތުރުކީ އަށް މުހިންމު ބައިވެރިއަކަށް ވެވިދާނެ އެވެ. އެގޮތުން، ތުރުކީ އަކީ ދުނިޔޭގެ ފުޓްބޯޅަ އަށް ބެލިޔަސް ވަރަށް ނަން މަޝްހޫރު ގައުމެއް ކަމަށްވާއިރު، ވަސީލަތުގެ ގޮތުން ބެލިޔަސް އެ ގައުމަކީ މުއްސަނދި ގައުމެއް ކަމަށް ޖޭސްވާރު ވަނީ ފާހަގަކުރައްވައިފަ އެވެ.