4 ފެބުރުވަރީ 2025 - 13:16 1
މުހައްމަދު ޝަހްޒާން
މާލޭގައި މިއަދު ހިންގި މާރާމާރީގައި ޒަހަމުވި ބިދޭސީ މީހާ -- ފޮޓޯ: ވީޑިއޯ ސްނެޕްޝޮޓް
4 ފެބުރުވަރީ 2025 - 13:16 1
މާލޭގައި މިއަދު މެންދުރު މާރާމާރީއެއް ހިންގައި ބިދޭސީއަކު ޒަހަމު ކޮށްލައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މާރާމާރީ ހިންގާފައި ވަނީ މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ކަމަށާއި މާރާމާރީ ހިންގީ ބިދޭސީންތަކެއް ކަމަށެވެެ.
"މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގައި ހިންގި މަރާމާރީއެއްގެ މައްސަލަ މިއަދު 12:10 އެހާކަށްހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވޭ، މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން،" ފުލުހުންގެ މެސެޖުގައި ބުންޏެވެ.
އެ މާރާމާރީގައި އަނިޔާވި މީހާގެ ވީޑިއޯއެއް ސޯޝަލްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. މާރާމާރީގައި ޒަހަމުވި މީހާގެ ގައިން ވަރަށް ބައިވަރު ލޭ އޭނާ ހުރި ކެފޭ ތެރެއަށް ފައިބާފައި ހުރި މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައިރު، ޒަހަމުވި މީހާ ކައިރީގައި ދިވެއްސަކު ހުންނަ ތަން ވެސް ވީޑިއޯއިން ފެނެ އެވެ.
ފުލުހުން ބުނީ މާރާމާރީގައި ޒަހަމުވި މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
Comment