4 ފެބުރުވަރީ 2025 - 05:22 0
ލީވާން އަލީ ނާސިރު
ސިނަމާލެ ހައިވޭ ފެށޭ ހިސާބު: ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު މަރުވުމާ ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާއި ވަނީ ސުވާލުކޮށްފައި -- ފޮޓޯ: އަދަދު ފައިލް
4 ފެބުރުވަރީ 2025 - 05:22 0
ސިނަމާލެ ހައިވޭގައި މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެން މަރުވި ބިދޭސީ މީހާގެ ބޮލުގައި, ފަހަތުން އައި ސައިކަލު ޖެހުނު މައްސަލައާ ގުޅިގެން 60 އަހަރުގެ އަންހެނަކާ ސުވާލު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ސުވާލު ކުރި 60 އަހަރުގެ ދިވެހި އަންހެން މީހާގެ ލައިސަންސް ހިފަހައްޓައި، އޭނާ ދުއްވި ސައިކަލު ވެސް ޓޯކޮށްފައިވާ ކަމަށެވެ.
"މި އެކްސިޑެންޓާ ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާ ވަނީ ސުވާލު ކޮށްފައި. އަދި އޭނާގެ ލައިސަންސް ހިފަހައްޓައި، އޭނާ ދުއްވި ސައިކަލް ވަނީ ޓޯކޮށްފައި،" ފުލުހުން ބުންޏެވެ.
އާންމުވެފައި ވަނީ ސިނަމާލެ ހައިވޭގައި ހުންނަ ފުލުހުންގެ ސީސީޓީވީއެއްގެ ފުޓޭޖެކެވެ. އެ ވީޑިއޯއިން ފެންނަނީ އެކްސިޑެންޓުގައި މަރުވި ބިދޭސީ މީހާ ގޮސް، ހައިވޭގައި ބަހައްޓާފައި ހުރި ޓްރެފިކް ކޯނެއްގައި ޖެހި ވެއްޓޭ ތަނެވެ. ހަމަ އެ ތަންވަޅުގައި ފަހަތުން ދުއްވާފައި އަންނަ ސައިކަލު ކޮންޓްރޯލް ނުވެ، ދަނީ ވެއްޓިފައި އޮތް މީހާގެ ބޮލުގައި ޖެހިފަ އެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު 8:19 ހާއިރު ހިނގި އެ ހާދިސާގައި ލިބުނު އަނިިޔާތަކާ ގުޅިގެން މަރުވީ، ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާ މަރުވީ ލިބުނު އަނިޔާތަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، އެ ދުވަހުގެ 9:00 ގަ އެވެ.
މީޑިއާތަކަށް ފުލުހުން އެ ދުވަހު ފޮނުވި މެސެޖެއްގައި ބުނީ ބިދޭސީ މީހާ ދުއްވި ސައިކަލުން ޖެހުނު ކޯނަކީ، ސޯލާ ޕެނެލްތަކުގެ މަސައްކަތް ކުރަން އުޅުނު މީހުން، މަސައްކަތް ކުރަމުންދާކަން އަންގައި ދިނުމަށް ބަހައްޓާފައި ހުރި ކޯނެއް ކަމަށެވެ.
އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment