4 ފެބުރުވަރީ 2025 - 06:36 1
ލީވާން އަލީ ނާސިރު
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: ބަންދުގައި ތިބޭ މީހުންގެ މައްޗަށް ކުށް ސާބިތު ނުވުމުން ބަދަލު ހޯދޭނެ ގޮތެއް ގާނޫނުން ކަށަވަރު ކުރަން މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
4 ފެބުރުވަރީ 2025 - 06:36 1
ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްޗަށް ކުށް ސާބިތު ނުވުމުން ބަދަލު ހޯދޭނެ ގޮތެއް ގާނޫނުން ކަށަވަރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
"އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ ރާއްޖޭގެ ގާނޫނީ ނިޒާމު މިވަގުތު އޮތް ގޮތުން ބަންދުގައި ތިބޭ މީހުންގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް، ބަދަލު ހޯދޭނެ ގޮތެއް ނެތް ކަމަށެވެ.
"ރާއްޖޭގެ ގާނޫނީ ނިޒާމު މިހާރު އޮތް ގޮތުން މިފަދަ މައްސަލަތަކުގައި ބަންދު ކޮށްފައި ތިބޭ މީހުން މައްޗަށް ކުށް ސާބިތު ނުވި ކަމުގައި ވިޔަސް ބަންދު ކޮށްފައި ހުރި މުއްދަތަށް ގެއްލުމުގެ ބަދަލު ހޯދުމުގެ ފުރުސަތެއް ނެތް މިވަގުތު،" އުޝާމް ވިދާޅުވި އެވެ.
އެކަމަކު އުޝާމް ވިދާޅުވީ ބަންދުގައި ތިބޭ މީހުންނަށް ބަދަލު ހޯދޭނެ ގޮތެއް ގާނޫނުން ކަށަވަރު ކުރުމަށް މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާއި އެކަމަށް ހައްލު ލިބޭނީ ގާނޫނު އިސްލާހު ކޮށްގެން ކަމަށެވެ.
"ކޮންމެވެސް ވަރަކަށް މަޝްވަރާ ކުރެވެމުން އެބަދޭ އެކަމަށް ހައްލެއް ހޯދުމަށްޓަކައި ކޮންކަމެއްތޯ ކުރެވޭނީ. އަދި މަޝްވަރާގެ ސްޓޭޖުގައި އޮތް ކަމެއް އެއީ. ގާނޫނުތަކަށް އިސްލާހެއް ގެނެސްގެން ކަންނޭގޭ ހައްލެއް ހޯދަ ދެވޭނީ،" އޭޖީ ވިދާޅުވި އެވެ.
ބަދަލު ހޯދޭނެ ގޮތް ގާނޫނުން ކަށަވަރު ކުރާނީ ބޭރު ދުނިޔޭގައި އެކަން ކުރާ ގޮތް ވެސް ބަލައި، ހަމަހަމަ އުސޫލެއްގެ މަތިން ކަމަށް އުޝާމް ވިދާޅުވި އެވެ.
ކަރެކްޝަންސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުންގެ ތެރޭގައި ޖަލުގައި ހަ އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްފައި ތިބި މީހުން ވެސް އެބަ ތިއްބެވެ.
ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ދޫކޮށްލާއިރު، ކުރާ ތުހުމަތާ ގުޅިގެން އަންނަ ހުކުމާއި ބަންދުގައި ހޭދަކުރަން ޖެހޭ މުއްދަތާ ވެސް ނުބައްދަލެވެ.
ވާނުވާ ބަންދުގައި ތިބި 435 މީހުންނާ އެކު ޖަލުތައް ފުރި ބާރުވެއްޖެ
ޖެނުއަރީ 20، ގެ ނިޔަލަށް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި 435 މީހުންގެ ތެރެއިން 364 މީހުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބިއިރު، ރިމާންޑް ޖަލަށް ބަދަލު ނުކުރެވި ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު 71 މީހުން އެބަތިބި.
ވާނުވާ ބަންދުގައި ތިބި 435 މީހުންނާ އެކު ޖަލުތައް ފުރި ބާރުވެއްޖެ
ޖެނުއަރީ 20، ގެ ނިޔަލަށް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި 435 މީހުންގެ ތެރެއިން 364 މީހުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބިއިރު، ރިމާންޑް ޖަލަށް ބަދަލު ނުކުރެވި ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު 71 މީހުން އެބަތިބި.
ހަ އަހަރަށްވުރެ ގިނަ - 5 ފަސް މީހުން (1.1 ޕަސަންޓް)
ފަސް އަހަރާއި ހަ އަހަރާ ދެމެދު - 8 މީހުން (2.2 ޕަސަންޓް)
ހަތަރު އަހަރާއި ފަސް އަހަރާ ދެމެދު - 24 މީހުން (6.6 ޕަސަންޓް)
ތިން އަހަރާއި ހަތަރު އަހަރާ ދެމެދު - 38 މީހުން (10.4 ޕަސަންޓް)
ދެ އަހަރާއި ތިން އަހަރާ ދެމެދު - 67 މީހުން (18.4 ޕަސަންޓް)
އެއް އަހަރާއި ދެ އަހަރާ ދެމެދު - 92 މީހުން (25.3 ޕަސަންޓް)
އެއް އަހަރަށްވުރެ ކުރު - 131 މީހުން (36 ޕަސަންޓް)
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިދިޔަ އާދީއްތަ ދުވަހު ބޭއްވި "ބަންދު ފޯރަމް" ގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުންގެ ތެރެއިން ކުޑަކުދިންގެ މައްސަލަތަކުގައި ބަންދުގައި ތިބި މީހުން ފިޔަވައި އެހެން ހުރިހާ އެންމެންގެ މައްސަލަތައް ރިވިއުކޮށް ބަންދަށް ލުއި ދެވިދާނެތޯ ބެލިއިރު އޭގެ ތެރެއިން 95 ޕަސަންޓު މީހުންނަކީ ތަކުރާރުކޮށް ކުށް ކުރާ މީހުންނާއި އެކި ޝަރީއަތްތައް ހިނގަމުންދާ މީހުން ކަމަށެވެ.
މިގޮތުން ޝަރީއަތްތައް އަވަސްވެގެން ދިޔަ ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި މި ވަގުތު ތިބި މީހުންގެ ތެރެއިން 50 މީހުން ވެސް މިނިވަން ވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އޭގެ ތެރެއިން ގިނަ މީހުން ތިބެން ޖެހޭނީ ޖަލުގައި ކަމަށް އަންދާޒާ ކުރެވޭ ކަމަށް އިހުސާން ވިދާޅުވި އެވެ.
ޕީޖީން އާންމުކުރި ތަފާސްހިބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ 20، ގެ ނިޔަލަށް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި 435 މީހުންގެ ތެރެއިން 364 މީހުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބިއިރު، ރިމާންޑް ޖަލަށް ބަދަލު ނުކުރެވި ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު 71 މީހުން އެބަތިއްބެވެ
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment