Advertisement

ދެ މިނިސްޓްރީ އެއްކޮށްލުމަށްފަހު ޓޫރިޒަމްގެ ޕާމަނަންޓް ސެކްރެޓަރީ ޝައުފާ މަގާމުން ވަކިކޮށްފި

3 ފެބުރުވަރީ 2025 - 12:33 1

އަހުމަދު އާއިދު

އަހުމަދު އާއިދު


ދެ މިނިސްޓްރީ އެއްކޮށްލުމަށްފަހު ޓޫރިޒަމްގެ ޕާމަނަންޓް ސެކްރެޓަރީ ޝައުފާ މަގާމުން ވަކިކޮށްފި

3 ފެބުރުވަރީ 2025 - 12:33 1

ޓޫރިޒަމް މިނިސްޓްރީ އާއި އެންވަރަމެންޓް މިނިސްޓްރީ އެއްކޮށްލުމުން، ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓު ސެކެޓްރީ ފާތިމަތު ޝައުފާ މަގާމުން ވަކިކޮށްފި އެވެ.

ޝައުފާ މަގާމުން ވަކި ކުރިކަން އޭނާ ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ. އެކަން އެންގީ އަނގަބަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަނގަ ބަހުން އެންގީ. ދެ މިނިސްޓްރީ އެއްކޮށްލާ ރިފޯމު ކުރުމުގެ މަސައްކަތް ކުރަމުންދާތީ ނިންމި ނިންމުމެއް ކަމަށް،" ޝައުފާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ "ހަސަން ކުރުސީ" އެކައުންޓުން މިކަމާ ގުޅިގެން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޝައުފާ ވަކިކުރީ އޭނާ އަކީ މި ފަހުން ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރި އިބްރާހިމް ފައިސަލް އާ އެއް ރަށަކަށް ނިސްބަތްވާ މީހަކަށް ވާތީ ކަމަށެވެ.

ސަރުކާރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައިވާއިރު، ސިވިލް ސާވިސް ކޮމިޝަނުގެ ބަހެއްވެސް ލިބިފައެއް ނުވެ އެވެ.

ދެ މިނިސްޓްރީ އެއްކޮށްލާ ޓޫރިޒަމް އެންޑް އެންވަރަމެންޓްގެ މިނިސްޓަރުކަމަށް އައްޔަނު ކުރެއްވީ އެންވަރަމެންޓް މިނިސްޓްރީގެ މަގާމުގައި ހުންނެވި ތާރިގު އިބްރާހިމް އެވެ.