2 ފެބުރުވަރީ 2025 - 16:24 1
ލީވާން އަލީ ނާސިރު
އޮޅުވާލައިގެން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާދަމް އިރުޝާން -- ފޮޓޯ: ފުލުހުން
2 ފެބުރުވަރީ 2025 - 16:24 1
ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށް، އިތުރު ބައެއް އަތުން އޭނާ ފައިސާ ހޯދާފައިވޭތޯ ބެލުމަށް ފުލުހުން އޭނާގެ ވަނަވަރު އާންމުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ހއ. ކެލާ، ގަހާ، އާދަމް އިރުޝާން ކަމަށެވެ. އޭނާ އެކި މީހުންނާ މުއާމަލާތް ކުރީ "ކެލާ އަހުމަދު" ގެ ނަމުގައި ކަމަށް ވެސް ތަހުގީގަށް މިހާތަނަށް އެނގިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އާދަމް އިރުޝާން މަކަރާއި ހީލަތުން އެއްވެސް މީހެއް އަތުން ފައިސާ ހޯދާފައިވާނަމަ، އެކަމުގެ މައުލޫމާތު ހއ. ދިއްދޫ ޕޮލިސް ސްޓޭޝަން ނަންބަރު 4005022 ނުވަތަ 9791462 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.
މަކަރާއި ހީލަތުން މީގެ ކުރިން ވެސް އެކި މީހުން ފައިސާ ހޯދާ މައްސަލަތަކުގައި އެކަމުގެ ޝިކާރައަކަށްވެފައިވާ އިތުރު މީހުން ދެނެގަތުމަށް ފުލުހުން އިއުލާން ކޮށްފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސޮހޮލު
about 1 month ago
މަކަރާ ޙީލަތުން ފައިސާ ހޯދުމަށް ދިވެހިން ކިޔަނީ ޓެކުން. ކީއްވެކަމެއް ނޭނގެ ފުލުހުންނާ ގާނޫނީ މީހުން އެއްޗެއްގެ ނަން ނުކިޔާ ދިގު ޖުމްލަ ހަދަނީ. ބަތަށް ފެނުކެއްކި ހަނޑޫ ކިޔުން ކަހަލަ ކަމެއް.
Comment