Advertisement

ބިދޭސީ މުވައްޒަފުންގެ ބައޯމެޓްރިކްސް އަޕްޑޭޓު ނުކުރާ ކުންފުނިތައް ސިސްޓަމުން ސަސްޕެންޑު ކުރަނީ

2 ފެބުރުވަރީ 2025 - 12:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބިދޭސީ މުވައްޒަފުންގެ ބައޯމެޓްރިކްސް ނަގަނީ: ދޭސީ މުވައްޒަފުންގެ ބައޯމެޓްރިކްސް އަޕްޑޭޓު ނުކުރާ ކުންފުނިތައް ސިސްޓަމުން ސަސްޕެންޑުކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ ބުނެފައި -- ފޮޓޯ: ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ


ބިދޭސީ މުވައްޒަފުންގެ ބައޯމެޓްރިކްސް އަޕްޑޭޓު ނުކުރާ ކުންފުނިތައް ސިސްޓަމުން ސަސްޕެންޑު ކުރަނީ

2 ފެބުރުވަރީ 2025 - 12:59 0

ގްރޭޓާ މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ބައޯމެޓްރިކްސް އަޕްޑޭޓު ނުކުރާ ކުންފުނިތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑުކޮށް ހިދުމަތް މެދުކަނޑާލާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހޯމްލޭންޑް ސްކިއުރިޓީ މިނިސްޓްރީން ބުނީ މާލެ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅުގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީ މުވައްޒަފުންގެ ފިންގާ ޕްރިންޓާއި ފޮޓޯ މާޗު 15، ގެ ކުރިން ވަޒީފާދިން ކުންފުނިތަކުން އަޕްޑޭޓް ކުރަން ޖެހޭނެ ކަމަށެވެ.

މިގޮތުން ބިދޭސީ މުވައްޒަފުންގެ ބައޯމެޓްރިކްސް އަޕްޑޭޓް ކުރަން ބޭނުންވާ ކުންފުނިތަކުން އެ މަސައްކަތް ޑިޕާޓްމަންޓް އޮފް ފޮރިން ލޭބާއާ ގުޅިގެން ކުރިއަށް ގެންދިޔުމަށް މިނިސްޓްރީން އެދެ އެވެ.

ގްރޭޓާ މާލެ ސަރަހައްދުގައި ބިދޭސީންގެ ބައޯމެޓްރިކްސް ނެގުމާއި، އޮޕަރޭޝަން ކުރަނގީގެ ދަށުން ސަރުކާރުން ތަންފީޒު ކުރުމަށް އެކަށައަޅާފައިވާ އެންމެހާ ކަންކަން ވިލަރެސްކޮށް، ކޯޑިނޭޓް ކުރާނީ އެންސީއައިޓީގައި އެ އޮޕަރޭޝަނަށް ހާއްސަކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުންނެވެ.

އެ ސެންޓަރުގެ ހިދުމަތް ދެމުންދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 10:00 ޖެހުމާ ހަމައަށެވެ.

އޮޕަރޭޝަން ކުރަނގިއާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރުމަށް 7690228 ނަންބަރަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެދެ އެވެ.