Advertisement

މާލޭ ގެއެއްގެ ސިޑިގޮޅިއަށް ވެއްޓި ބިދޭސީއަކު މަރުވެއްޖެ

4 ނޮވެންބަރު 2025 - 20:21 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭގެ އުސް އިމާރާތްތައް ފެންނަ ފޮޓޯއެއް: ބިދޭސީ މީހާ ވެއްޓިފައިވަނީ އިމާރާތެއްގެ ހަ ވަނަ ބުރިން --- ފޮޓޯ: އަދަދު


މާލޭ ގެއެއްގެ ސިޑިގޮޅިއަށް ވެއްޓި ބިދޭސީއަކު މަރުވެއްޖެ

4 ނޮވެންބަރު 2025 - 20:21 0

މާލޭގެ މާފަންނު އަވަށުގައި ހުރި ގެއެއްގެ ހަ ވަނަ ބުރިން އެ ގޭގެ ސިޑި ގޮޅިއަށް ވެއްޓި ބިދޭސީއަކު މިއަދު މަރުވެއްޖެ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މި ހާދިސާގައި ވެއްޓި މަރުވީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ރޮޓަން، 47، ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ އިރުއޮއްސި 6:30 ހާއިރު ކަމަށް ވެސް އެ މެސެޖުގައި ބުނެފައިވެ އެވެ.

ސިޑި ގޮޅިން ނަގައިގެން އޭނާ ގެންގޮސްފައިވަނީ އައިޖީއެމް ހޮސްޕިޓަލަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އިތުރު އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް ދީފައެއް ނުވެ އެވެ. ނަމަވެސް މިކަން ހިނގި ގޮތް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން މިރޭ ބުންޏެވެ.

މަސައްކަތުގެ މާހައުލާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ ހާދިސާތަކުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދެސީން މަރުވުމުގެ އެތައް ހާދިސާއެއް ހިނގާފައިވެ އެވެ. މި ހާދިސާތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރެވި، ކަން ހިނގި ގޮތް ފުލުހުން އާންމުކުރަނީ މަދު ފަހަރަކު އެވެ.