Advertisement

އުޅަނދުތަކުގައި ބުރަފަތި ގާޑު އެޅުވުން މަޖުބޫރުކޮށް ސަމްޕާ މެނޭޖުމަންޓް ޕްލޭން އާންމުކޮށްފި

1 ފެބުރުވަރީ 2025 - 12:15 1

އަހުމަދު އާއިދު

އ

Advertisement

ފެހުރިއްސަކާއެކު މީހަކު ފީނަނީ : އެންމެ ގިނައިން ފެހުރިހި ފެންނަ ސަމްޕާ އަށް ދާ އުޅަނދުތަކުގައި ބުރަފަތި ގާޑު އެޅުވުން ވަނީ މަޖުބޫރުކޮށްފަ --


އުޅަނދުތަކުގައި ބުރަފަތި ގާޑު އެޅުވުން މަޖުބޫރުކޮށް ސަމްޕާ މެނޭޖުމަންޓް ޕްލޭން އާންމުކޮށްފި

1 ފެބުރުވަރީ 2025 - 12:15 1

Advertisement

Advertisement

އުޅަނދުތަކުގެ ބުރަފަތީގައި ސަލާމަތީ ގާޑެއް އަޅަން މަޖުބޫރުކޮށް އދ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދު، ސައުތުއަރި މެރިން ޕްރޮޓެކްޝަން އޭރިއާ (ސަމްޕާ) މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް ސަރުކާރުން އާންމުކޮށްފި އެވެ.

ސަމްޕާ އަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރު ކަނުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ. މި ސަރަހައްދު ހިމާޔަތްކުރީ 2009 ގަ އެވެ. އެ ސަރަހައްދުގެ ނަން ރަސްމީކޮށް ސަމްޕާ އަށް ބަދަލުކުރީ މިއަދު އެވެ.

Advertisement

މި ސަރަހައްދު ހިމާޔަތްކުރީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފެހުރިހި ދިރިއުޅޭ ސަރަހައްދަށް ވުމުންނެވެ.

އެންވަރަމަންޓު މިނިސްޓްރީން މިއަދު އާންމުކުރި ޕްލޭނުގެ ތަންފީޒީ ބާރު ލިބެނީ އެ ވުޒާރާއަށެވެ. އަދި، އެ ޕްލޭން ކުރިއަށް ގެންދިއުމުގައި ލަފާދޭނެ ކޮމިޓީއެއް ވެސް އެކުވަލާލަން ޖެހެ އެވެ.

އެ ކޮމިޓީގައި ތިމާވެށްޓާ ބެހޭ ވުޒާރާގެ އިތުރުން، އީޕީއޭ، ޑިފެންސް މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ، ފުލުހުން، އދ. އަތޮޅު ކައުންސިލާއި ސަރަހައްދުގައި ހިމެނޭ ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި ޖަމިއްޔާތަކުގެވެސް ތަމްސީލުވުން ހިމަނަން ޖެހެ އެވެ.

Advertisement

މި ޕްލޭނުގައިވާ ގޮތުން ފެހުރިހި ބެލުމަށް ސަމްޕާއަށް ދާ ކޮންމެ އުޅަނދެއްގެ ބުރަފަތީގައި ގާޑެއް އެޅިފައި ހުންނަން ޖެހޭނެ އެވެ. އަދި، ފެހުރިއްސެއް ފެނިއްޖެނަމަ އެ ބަލަން މޫދަށް މީހުންނަށް ފޭބޭނީ އެންމެ ކައިރި އޮންނަ ހަތަރު އުޅަނދުން ކަމަށާއި މޫދުގައި އެއްފަހަރާ އެންމެ ގިނައިން ތިބެވޭނީ 60 މީހުންނަށް ކަމަށްވެސް މި ޕްލޭނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ވެސް މި ސަރަހައްދުގައި އަމަލުކުރަން ޖެހޭނެ ގޮތާއި ކުރުން މަނާ ގިނަ ކަމެއް ޕްލޭނުގައި ބަޔާންކޮށްފައިވެ އެވެ.

ސަމްޕާ މެނޭޖްކުރާނެ ގޮތުގެ ޕްލޭނުގެ ދަށުން، ސަރަހައްދު ހިމާޔަތްކޮށް އުސޫލުތަކަށް މީހުން ބޯލަނބާ މިންވަރު ބެލުމަށް ހާއްސަ ބަޔަކު ތަމްރީނުކޮށް އެ ސަރަހައްދު މޮނީޓާ ކުރުމަށްވެސް މިނިސްޓްރީގެ މައްޗަށް ވަނީ ލާޒިމުކޮށްފަ އެވެ.

މި ސަރަހައްދަކީ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ސަރަހައްދެއް ނަމަވެސް ރަނގަޅަށް މޮނީޓާ ކުރުމުގެ ކަންކަން މިހާތަނަށް ކުރިއަށް ގެންދެވިފައެއް ނުވެ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް މަދުވުމުގެ ސަބަބުން މި ސަރަހައްދުގައި ނުރައްކާތެރި އެތައް ހާދިސާއެއް ހިނގާފައިވެ އެވެ.

އެގޮތުން މި ފަހުން ވެސް ދެ ހާދިސާއެއްގެ ދެ ފަތުރުވެރިއެއްގެ ފުރާނަ ގެއްލިފައިވެ އެވެ.

މިފަދަ ހާދިސާއެއްގައި އެންމެ ފަހުން މަރުވީ އާޖެންޓީނާއަށް ނިސްބަތްވާ 55 އަހަރުގެ ފިރިހެނެކެވެ. އޭނާ ގައިގައި ލޯންޗަކުން ޖެހުނީ އދ. ގައި އޮންނަ ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓު ބޭރަށް މޫދަށް އެރި އުޅެނިކޮށެވެ.

މީގެ އިތުރުން، ފެހުރިއްސާ ބެހޭ ދިރާސާއެއް ހެދުމަށް އައިސް އުޅުނު ސިންގަޕޫރްގެ ޓީމެއްގައި ހިމެނޭ 15 އަހަރުގެ ކުއްޖަކުވެސް ދޯންޏެއްގެ ބުރަފައްޗަކުން ޖެހި މަރުވި އެވެ. އދ. ދިގުރަށް ކައިރިން ހިނގި މި ހާދިސާގައި އެ ކުއްޖާ މަރުވީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ހަސަން43543

about 1 month ago

ފަތުރުވެރިކަން ހިދުމަތް ދޭ ހުރިހާ ލޯންޗެއްގައިވެސް ބުރަފަތި ގާޑު އެޅުވުން މަޖުބޫރު ކުރުވަންޖެހޭ !