1 ފެބުރުވަރީ 2025 - 06:52 0
1 ފެބުރުވަރީ 2025 - 06:52 0
ބްރުސެލްސް، ބެލްޖިއަމް (ފެބްރުއަރީ 1) - ބެެލްޖިއަމްގެ ކޯޗު ކަމުން ޑޮމެނިކޯ ޓެޑެސްކޯ ވަކިކޮށް، ރުޑީ ގާސިއާ ހަމަޖެއްސުމާ އެކު، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ގޯލްކީޕަރު، ތިބައު ކޯޓުއާ އަލުން ބެލްޖިއަމް ޓީމަށް އެނބުރި އަންނަން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޯޓުއާ، ފިޓްވި ނަމަވެސް، އޭނާގެ ހާލަތު ޓީމަށް ނަގާ ފެންވަރަށް ނެތް ކަމަށް ބުނެ، ކޯޓުއާ ޔޫރޯ ސްކޮޑަށް ނުނަގަން ޓެޑެސްކޯ ނިންމި އެވެ. އެ ފަހަރު ވެސް ޓެޑެސްކޯ އާއި ކޯޓުއާގެ ދެމެދުގައި މައްސަލަ ގޯސް ވާހަކަ މީޑިއާގައި ދެކެވުނެވެ. އޭގެ ފަހުން، ކޯޓުއާ އިންސްޓަގްރާމްގައި ޕޯސްޓެއްކޮށް އިއުލާނުކުރީ ޓެޑެސްކޯ ހުއްޓައި، ބެލްޖިއަމް ޓީމަށް ނުދާނެ ކަމަށެވެ.
މަގާމުގައި ދެ އަހަރަށް ވުރެ މަދު ދުވަހު ހުރި ޓެޑެސްކޯ ވަކިކުރީ ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި ރެކޯޑް ދަށްވުމުންނެވެ. ޓެޑެސްކޯގެ ކޯޗުކަމުގައި އެންމެ ފަހުން ބެލްޖިއަމުން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. އެހެންވެ، ބެލްޖިއަމުން ނިންމީ ކޯޗިން ޓީމު ބަދަލުކުރާށެވެ. ކޯޗަކަށް ގާސިއާ ހަމަޖެއްސިއިރު، އެސިސްޓަންޓަކީ، ބެލްޖިއަމްގެ ކުރީގެ ކެޕްޓަން، އެޑެން ހަޒާޑް އެވެ.
ކޯޓުއާ ބުނީ، ގާސިއާއާ އެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އޭނާ ސްކޮޑުގައި ހިމަނައިފިނަމަ ގައުމީ ޓީމަށް އެނބުރި ދިއުމަށް ތައްޔާރަށް ހުރި ކަމަށެވެ.
އޭނާ ބުނީ، އެންމެ ބޮޑު އަމާޒަކީ، އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ބެލްޖިއަމް ޓީމަށް ކުޅުން ކަމަށާއި ބެލްޖިއަމްގެ އަރަމުން އަންނަ ޖީލާ އެކު، ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ކުޅެލަން ބޭނުންވާ ކަމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment