31 ޖަނަވަރީ 2025 - 14:47 1
ލީވާން އަލީ ނާސިރު
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ ނާޒިމް (ކ) އަދި މުއްނިމް (ވ) -- ފޮޓޯ: ރައީސް އޮފީސް
31 ޖަނަވަރީ 2025 - 14:47 1
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ ޏ. ފުވައްމުލައް މިސްކިތްމަގު, މާވޭދު، މުންއިމް އަނީސް އަދި އ. ދެއްވަދޫ، ނާރެސް، އަހުމަދު ނާޒިމް މުހައްމަދު ޓޫރިޒަމުން ވަކިކޮށް، އެހެން މިނިސްޓްރީތަކަށް ބަދަލުކޮށްފި އެވެ.
"އަދަދު" އަށް ސަރުކާރުގެ އެކި މަސްދަރުތަކުން އެނގިފައިވާ މުންއިމް ބަދަލުކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އަދި ނާޒިމް ބަދަލުކުރީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.
މުންއިމް އާއި ނާޒިމް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުންގެ ލިސްޓުން ވަނީ އުނި ވެސް ކޮށްފަ އެވެ.
ސްޓޭޓް މިނިސްޓަރަކަށް ނޮވެމްބަރު 21، 2023 ގައި މުއްނިމް އައްޔަނު ކުރުމަށްފަހު، ނޮވެމްބަރު 23، 2023 ގައި އޭނާ މަގާމުން ވަކި ކުރި އެވެ. އަދި އޭނާ އަނބުރާ ދެވަނަ ފަހަރަށް މަގާމަށް އައްޔަނުކުރީ އެޕްރިލް 23، 2024 ގަ އެވެ.
ޓޫރިޒަމްގެ ސްޓޭޓަކަށް ނާޒިމް އައްޔަނުކުރެއްވީ ޑިސެމްބަރު 13، 20223 ގަ އެވެ.
މުއްނިމް އާއި ނާޒިމްއަކީ ޓޫރިޒަމް މިނިސްޓަރުކަމުން މިދިޔަ ހަފްތާގައި ވަކި ކުރެއްވި އިބްރާހިމް ފައިސަލްއާ ވަރަށް އަރިސް ދެ ބޭފުޅުންނެވެ.
66.67%
0.00%
33.33%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
މޫސަބެ
29 days ago
ކަނޑާނުލީމަ ވަރަށް ދެރަ…
Comment