މާލޭގައި ބިދޭސީއެއް އަތުން ފޭރެން އުޅުނު ބަޔަކު ހައްޔަރުކޮށްފި

31 ޖަނަވަރީ 2025 - 14:41 0

ލީވާން އަލީ ނާސިރު

ލ

ފުލުހުން ހަރަކާތްތެރިވަނީ: މާލޭގައި ބިދޭސީއެއް އަތުން ފޭރެން އުޅުނު ދެ މީހުން ވަނީ ހައްޔަރު ކޮށްފައި -- ފޮޓޯ؛ އަދަދު ފައިލް


މާލޭގައި ބިދޭސީއެއް އަތުން ފޭރެން އުޅުނު ބަޔަކު ހައްޔަރުކޮށްފި

31 ޖަނަވަރީ 2025 - 14:41 0

ގުލާބީ ގޯޅީގާއި ބިދޭސީއެއް އަތުން ފޭރެން އުޅުނު ދެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 2:12 ހާއިރު ރިޕޯޓުކުރި އެ ހާދިސާގައި ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން އަތުން 33،500ރ. ފެނިފައިވާ ކަމަށެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކުރީ ހ. ރެދަން، ފަވާޒް ކަޅު ތުއްތު، 36 އާއި ތ. ތިމަރަފުށި، ލަކީ ހައުސް، ސޮފްވާން އަލީ، 36 އެވެ. އެ މީހުންގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފަ އެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

މާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިގޮތުން ބިދޭސީންގެ އިތުރުން ދިވެހިން އަތުން ފޭރޭ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.