31 ޖަނަވަރީ 2025 - 08:28 3
ލީވާން އަލީ ނާސިރު
މުހައްމަދު ޝިފާޒް: ރައީސް މުއިއްޒު އަބުރުގެ ވާހަކަ ދެއްކެވީ ދިވެހިންގެ އަބުރަށް ކޮޅުފައިން އަރައި ހުންނަވާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް
31 ޖަނަވަރީ 2025 - 08:28 3
ރައީސް ޑރ. މުހައްމަދު މުއިއްޒު އަބުރުގެ ވާހަކަ ދެއްކެވީ ދިވެހިންގެ އަބުރަށް ކޮޅުފައިން އަރައި ހުންނަވައި ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.
"އަދަދު" ނޫހުގެ "އެއްޗެއް ކަޅެއް" ޕްރޮގްރާމުގައި އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސްކަން ވެސް ކުރެއްވި ޝިފާޒް ވިދާޅުވީ އެންމެ ބޮޑަށް އިންސާނެއްގެ އަބުރާއި ކާރާމާތަށް އަރައި ހުންނެވި ބޭފުޅަކީ ރައީސް މުއިއްޒު ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް ނޭގޭތޯ ހަތަރު ލައްކަ މީހުންގެ އަބުރަށް އަރައިގެން ހުންނަވައިގެން އެ ވާހަކަ ވިދާޅުވެނީ ކަމެއް. މުޅި ޖުމްލަ ދިވެހި އާބާދީގެ އަބުރާއި ކަރާމާތާއި އިއްޒަތާއި ޝަރަފަށް ކޮޅުފައިން އަރައިގެން ހުންނަވައިގެން އެ ވިދާޅުވަނީ ކޮންމެ މީހެއްގެ ވެސް އަބުރެއް އޮންނާނެއޭ. އެންމެ ބޮޑު އަބުރުގެ އިންސާނެއްގެ ކަރާމާތަށް އަރައިގެން ހުންނެވި ބޭފުޅަކީ މިއަދު ރައީސުލްޖުމްހޫރިއްޔާ،" އޭނާ ވިދާޅުވި އެވެ.
އިންސާނެއްގެ އަބުރާއި ކަރާމާތް އެންމެ ބޮޑަށް ގުޅިފައި އޮންނަނީ އަމިއްލަ ނަފްސަށް އޮންނަ މިނިވަންކަމުގެ މައްޗަށްކަން ފާހަގަކުރައްވައި ޝިފާޒް ވިދާޅުވީ އެންމެ ބޮޑު ކަރާމާތަކީ މީހަކަށް ނުދަރާ ހުރެވޭތޯ ބެލުން ކަމަށެވެ.
އެކަމަކު އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ހަރަދުކުރާ ކޮންމެ 100ރ. އަކުން 30ރ. ސަރުކާރަށް ދިނީ އެ ރައްޔިތުންގެ ކަންކަން ބަލަހައްޓަން ކަމަށާއި ނަމަވެސް އެ ފައިސާ އަމިއްލަ ޖީބަށް މަހާލައި ފައިސާއަށް ވީގޮތް ވެސް ބުނެ ނުދީ އަބުރުގެ ވާހަކަ ދެއްކުމުން ހައިރާންވާ ކަމަށެވެ.
"އަހަރުމެންގެ ދަރިންނަށް ކިޔަވައިދޭނެ ގޮތެއް ހަދައިދޭށޭ. ފްލެޓްގަނޑެއް ދޭށޭ. އަރައި ފޭބޭނެ ގޮތެއް ހަދައި ދޭށޭ. ބަނދަރެއް ދޭށޭ. ފެންވެރޭނެ ގޮތަށް ފެން ހޮޅިއެއް ލައިދޭށޭ. މިކަންކަން ކުރަން ލާރިދިނީމަ އެ ލާރި އަމިއްލަ ޖީބަށް މަހާލާފައި، އެ ލާރިއަށް ވީ ގޮތް ނުބުނެދީ އެހެން މީހުންގެ ވެސް އަބުރާއި ކަރާމާތް އޮންނާނެއޭ އެގޮތަށް ވިދާޅުވީމަ ހަމަ ވަރަށް ހައިރާންވޭ،" އޭނާ ވިދާޅުވި އެވެ.
އޭގެއިތުރުން ޝިފާޒް ވިދާޅުވީ ރައީސް މުއިއްޒު ސަރުކާރު އަތުރާފައި ވަނީ އެންމެ މޮޅަށް ވައްކަން ކުރަން އެނގެނީ ކޮން ބައެއްތޯ ބަލައިގެން ކަމަށާއި ސަރުކާރުގެ ވެރިން ކުރައްވާ ހުރިހާ ކަމެއް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
ހއ. ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިދިޔަ އަންގާރަ ދުވަހު ރައީސް މުއިއްޒު ވިދާޅުވަނީ ސަރުކާރަށާއި އެ މަނިކުފާނަށް ރައްދުކޮށް ކޮންމެ އެއްޗެއް ކިޔަސް އެއީ މައްސަލައެއް ނޫން ކަމަަވެށެ. އެއަށް ފަހު ޖެހިގެން ވިދާޅުވީ "ކޮންމެ މީހެއްގެ ވެސް އަބުރެއް އޮތްކަން ގަބޫލުކުރަން ޖެހޭނެ" ކަމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޖަޑާ
27 days ago
ކަލޭތީ އަމިއްލައަށް އޮރިޔާންވީމީހެއް. ލަދެއްވެސް ނުގަނޭތަ އާންމުން ކުރިމައްޗަށް ނިކުންނާކަށް. ގޮތެއްނެތް މިކަހަލަ މަރުމޯލުން މި ތެޅެނީ
ތަފްސީލް
28 days ago
ޝިފާޒުމެންނަށް ވެގެން އުޅޭގޮތަކީ ކުރިން ކޭވަރަށް ނުކެވޭތީ، ތެޅިފޮޅެނީ، ފުޑާލަންބުނި ޕާޓީއަށްގޮސް މިހާރު، ތިހުރީ، އިހުލާސްތެރިކަމެއް ހުރިނަމަ މީހާގައިގަ ގޮތެއް ހުންނާނެ، ތިޔައުޅެނީ ރައްޔިތުންނަށް މޮޅުގޮތް ހޯދަދޭކަށް ނޫން، ތިމާއަށް މޮޅުގޮތް ނުވެގެން.
ބައްޔާ
28 days ago
ވެބުކެމްކުރިމަތީއުތަ؟
Comment