ކީޕަރު ފައިސަލް އާއި ލިލީ ބުރު ސްޕޯޓްސް އަށް

31 ޖަނަވަރީ 2025 - 09:46 0

އަތޫފް އާތިފް

އ


ކީޕަރު ފައިސަލް އާއި ލިލީ ބުރު ސްޕޯޓްސް އަށް

31 ޖަނަވަރީ 2025 - 09:46 0

ކުރިއަށް އޮތް ސީޒަނަށް ބުރު ސްޕޯޓްސް ކްލަބް ވަރުގަދަ ކުރުމުގެ ގޮތުން އެ ކުލަބުން ތަޖުރިބާކާރު ޑިފެންޑަރު، އަހުމަދު އަބްދުالله (ލިލީ) އާއި ރާއްޖޭގައި އުފެދުނު ފާހަގަކޮށްލެވޭ އެއް ގޯލްކީޕަރު މުހައްމަދު ފައިސަލްގެ ސޮއި ހޯދައިފި އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތަށި 2018 ވަނަ އަހަރު ރާއްޖޭން ހޯދިއިރު، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކީޕަރު ފައިސަލް ކުޅުމަށް އެނބުރި މި އަންނަނީ އަނިޔާގެ ސަބަބުން ދިގު މުއްދަތެއް ކުޅުމާ ދުރުގައި ހުރުމަށް ފަހު އެވެ. އޭނާ ކަކުލުގެ އޮޕަރޭޝަނެއް ކުރީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.

އެންމެ ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ކީޕަރު ފައިސަލް، އެންމެ ފުރަތަމަ ކުުޅުނީ، އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އަށެވެ.

އޭގެ އިތުރުން، މިދިޔަ 18 ވަރަކަށް އަހަރު ތެރޭ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި އޭނާ ވަނީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ކްލަބް އީގަލްސް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފަ އެވެ.

މާޒިޔާގެ މެޗެއްގެ ތެރެއިން ލިލީ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ


ލިލީ އެންމެ ފަހުން ކުޅުނީ ދެ ވަނަ ޑިވިޝަނުގައި ވިކްޓަރީ ސްޕޯޓްސް ކްލަބަށެވެ. އެ ޓީމާ އެކު ދެ ވަނަ ޑިވިޝަނުގެ ފައިނަލް މިދިޔަ ސީޒަނުގައި ލިލީ ކުޅުނުއިރު، ގިނަ އަހަރު ތަކަކަށްފަހު ވިކްޓަރީ އިން ވަނީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފަ އެވެ. .

ބުރު ސްޕޯޓްސް ކްލަބްގެ އޮފިޝަލަކު "އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން ބުނީ، އެ ކްލަބުން އަންނަ ސީޒަނަށް ސްކޮޑް ވަރުގަދަ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކްލަބްގެ ސްކޮޑުން ބޮޑު ބަދަލެއް ފެނިގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ނިއުރޭޑިއަންޓުން ވިދާލި ލިލީ ވަނީ އެ ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މީގެ ކުރިން ގައުމީ ޓީމަށްވެސް ކުޅުނު ލިލީ ވަނީ ނިއު އާއި މާޒިޔާ އަށް ވެސް ކުޅެފަ އެވެ.