30 ޖަނަވަރީ 2025 - 20:00 2
މުހައްމަދު ޝަހްޒާން
ރައޮޓް ގިޔަރުގައި ގިނަ އަދަދެއްގެ ސިފައިން ބަންޑާރަ ކޮށިން ނިކުމެގެން ދަނީ -- ފޮޓޯ: އަދަދު
30 ޖަނަވަރީ 2025 - 20:00 2
ރައޮޓް ގިޔަރުގައި ތިބި ގިނަ އަދަދެއްގެ ސިފައިން ބޮޑެތި ލޮރީތަކުގައި އެމްއެންޑީއެފުގެ ދެ ޓޭންކަރާއެކު މާލޭގައި މިރޭ ދުންފަން ފަށައިފި އެވެ.
ރައޮޓް ގިޔަރު އަޅައިގެން ތިބި ސިފައިން ޝީލްޑުތައް ހިފައިގެން ސިފައިންގެ ލޮރީތަކުގައި ނުކުމެގެން މިރޭ ދިޔައީ ސިފައިންގެ މައި މަރުކަޒުންނެވެ. އެ ލޮރީތަކާއެކު ސިފައިންގެ ޓޭންކަރުތައް ވެސް ބަންޑާރަ ކޮށިން ނިކުމެގެން ދިޔަ އެވެ. އެ އުޅަނދުތައް ދުއްވާފައި ދިޔައީ ހުޅުމާލެއަށެވެ.
ބަރު ހަތިޔާރާއެކު ސިފައިން މާލެ ސަރަހައްދުގައި މިރޭ ދަން ގަޑިއެއްގައި ހަރަކާތްތެރިވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ.
ރައޮޓް ގިޔަރުގައި ތިބި ގިނަ އަދަދެއްގެ ސިފައިން މިރޭ ޓޭންކަރުތަކާއެކު ހަރަކާތްތެރިވިއިރު، އިދިކޮޅު އެމްޑީޕީން އަންނަނީ މާދަމާރޭ މާލޭގައި ބޮޑު ހިނގާލުމެއް ބާއްވަން ތައްޔާރުވަމުންނެވެ. ނަމަވެސް ސިފައިން ހަރަކާތްތެރިވުމާ އެމްޑީޕީގެ ހިނގާލުމާ އެއްވެސް ގުޅުމެއް އޮތް ކަމެއް އަދި ނޭނގެ އެވެ.
މީގެ ކުރިން މާލޭގައި ބާއްވާ އެފަދަ އެއްވުންތައް ކޮންޓްރޯލް ކުރުމުގައި ފުލުހުންނާއެކު ސިފައިން ހަރަކާތްތެރިވެފައިވެ އެވެ. ފެބްރުއަރީ 7، 2012 ގައި ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވީ ވެސް ސިލްސިލާ މުޒާހަރާތަކެއް ކޮންޓްރޯލް ކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތްތްކެއް ކުރަމުން ގޮސް، މުޒާހަރާތަކުގައި ސިފައިންނާއި ފުލުހުން ބައިވެރިވެގެންނެވެ.
60.00%
0.00%
40.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ހަސީނާ
22 days ago
މާލޭގެ އެއްމެނައް ކެރޭނެބާ މިރެޔޭ ހުރިހާއެއްމެން ޖަލަށްދާން؟
ޒުއިނު
23 days ago
ތީހަމަ ޖަމަލުފޮޑި
Comment