Advertisement

ސިފްކޯގެ ފްލެޓުތަކާ ގުޅޭ ހާއްސަ އޮޑިޓެއް ހަދަން މާލިއްޔަތު ކޮމިޓީން އަންގައިފި

13 ފެބުރުވަރީ 2025 - 10:17 0

ސާއިފް ޝިޔާދު

ސ

Advertisement


ސިފްކޯގެ ފްލެޓުތަކާ ގުޅޭ ހާއްސަ އޮޑިޓެއް ހަދަން މާލިއްޔަތު ކޮމިޓީން އަންގައިފި

13 ފެބުރުވަރީ 2025 - 10:17 0

Advertisement

Advertisement

ސިފައިންގެ ވަޒީފާ އަދާކުރާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ފްލެޓު އަޅަން ކުރިއަށްގެންދިޔަ މަޝްރޫއު އާއި ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އާ ގުޅޭ ހާއްސަ އޮޑިޓެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންގައިފި އެވެ.

އެ މަޝްރޫއު ހިންގުމަށް އެކި ފަރާތްތަކުން ސިފްކޯއަށް ލިބުނު ފައިސާގެ އަދަދާއި މުޅި ޕްރޮޖެކްޓަށް ސިފްކޯ އާއި ސަރުކާރުން ކުރި ހަރަދުތައް ދެނެގަތުމަށް އޮޑިޓު އޮފީހަށް ވަނީ އަންގައިފަ އެވެ. އޭގެ އިތުރުން، ނުދައްކައި ހުރި ބިލުތަކާއި ކޮންޓްރެކްޓަރުންނާއި ސަބް-ކޮންޓްރެކްޓަރުންނަށް ދެއްކި ފައިސާ ވެސް އޮޑިޓުގައި ހިމެނުމަށް ވަނީ އަންގާފަ އެވެ.

Advertisement

ހަމައެހެންމެ، ސިފްކޯގެ 2024 ވަނަ އަހަރުގެ ފައިނޭންޝަލް އަދި ކޮމްޕްލަޔަންސް އޮޑިޓެއް ހެދުމަށް ވެސް ވަނީ އަންގާފަ އެވެ. މާލިއްޔަތު ކޮމިޓީން ވަނީ މި އޮޑިޓުތައް ފުރިހަމަކޮށް މަޖިލީހަށް ފޮނުވޭނެ ދުވަހެއް މި މަހުގެ 16، ގެ ކުރިން އެންގުމަށް އޮޑިޓު އޮފީހުގައި އެދިފަ އެވެ.

ސިފްކޯގެ އޮޑިޓެއް ހެދުމަށް މާލިއްޔަތު ކޮމިޓީން އަންގާފައި މިވަނީ ޕޮލިސް ފްލެޓުތަކާ ގުޅިގެން ޕޮލްކޯގެ އޮޑިޓެއް ހަދައި އާންމުކޮށްފައިވާ ދަނޑިވަޅެކެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރު، ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އެޅުމަށް އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑި ކުންފުންޏާ އެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް ނިންމާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެނުއަރީ 27، 2016 ގައި ވަނީ ނޫމަޑިއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައިފަ އެވެ.

Advertisement

އޭގެ ފަހުން އެ މަސައްކަތް ނިންމަން ދެ ވަނަ ފަހަރަށް ހަވާލުކުރީ އައިލެންޑް އެކްސްޕާޓް ކުންފުންޏާ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގްތިސޯދީ ގެއްލުންތަކާ އެކު އައިލެންޑް އެކްސްޕާޓް ކުންފުނި ބަނގުރޫޓްވެ 2020 ވަނަ އަހަރު އެ ކުންފުނިން ވަނީ މަޝްރޫއު ދޫކޮށްލައިފަ އެވެ.

އެ މަސައްކަތް އެންމެފަހުން ހަވާލުކުރީ ޓްވެންޓީ ތާޑް މެޓަލާޖިކަލް ގްރޫޕް އޮފް ޗައިނާއާ އެވެ. އެ ކުންފުނިން ފްލެޓުތައް ނިންމައި ހަވާލުކުރީ 2023، ގެ ފަހުކޮޅު އެވެ.