13 ފެބުރުވަރީ 2025 - 21:11 0
މުހައްމަދު ޝަހްޒާން
ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ސިފައިން މަސައްކަތް ކުރަނީ -- ފޮޓޯ: އެމްއެންޑީއެފް
13 ފެބުރުވަރީ 2025 - 21:11 0
މާލެ އަތޮޅު ހުރާ ފަޅު ތެރޭގައި އޮންނަ ސިނަމަން ދޮންވެލި ރިސޯޓު ކައިރިއަށް ސްނޯކްލިންއަށް ފައިބާ އުޅުނު ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފްގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލެ އަތޮޅުން މީހަކު ގެއްލިގެން ހޯދަމުންދާއިރު، މި ފަހަކަށް އައިސް ވާނުވާ ނޭނގި ގެއްލޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އައި ޗައިނާ ފަތުރުވެރިއަކު ވެސް ގެއްލިގެން ފުލުހުން ދަނީ ހޯދަމުންނެވެ.
އަދި އދ. އަތޮޅު ރިސޯޓެއް ކައިރިއަށް ސްނޯލްލިންއަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން މިދިޔަ މަހު ހޯދުމުގެ މަސައްކަތް ސިފައިންނާ ފުލުހުން ކުރި އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އޭނާގެ އެއްވެސް ހަބަރެއް ވެފައެއް ނުވެ އެވެ.
Comment