ބޮޑު އާއިލާއެއް ދަތުރު ކުރި ލޯންޗެއް ށ. މިލަންދޫ ކައިރިއަށް ބަންޑުން ޖަހާލައިފި

30 ޖަނަވަރީ 2025 - 14:21 0

ލީވާން އަލީ ނާސިރު

ލ

ށ. މިލަންދޫ ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލުން: އަނިޔާވި މީހުންނަށް ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލާފައި


ބޮޑު އާއިލާއެއް ދަތުރު ކުރި ލޯންޗެއް ށ. މިލަންދޫ ކައިރިއަށް ބަންޑުން ޖަހާލައިފި

30 ޖަނަވަރީ 2025 - 14:21 0

ށ. މިލަންދޫ ކައިރިއަށް ލޯންޗެއް ބަނޑުން ޖަހާލައި، އަނިޔާވި މީހުން މިލަންދޫއަށް ގެންގޮސް އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި އެވެ.

މިލަންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ސިއްހީ މަރުކަޒަށް ގެންދިޔައީ ތިން މީހުން ކަމަށާއި އެ އެންމެންނަށް ވެސް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

"މިތަނަށް ގެނައީ ތިން ޕޭޝަންޓުން. އެއީ ދެ އަންހެނުންގެ އިތުރުން ފިރިހެނެއް. ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައި މިހާރު ވަނީ،" އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ މިލަންދޫ ކައިރިއަށް ލޯންޗެއް ބަނޑުން ޖަހާލައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 2:15 ހާއިރު ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ލޯންޗު ބަންޑުން ޖަހާލުމުން އޭގަ ތިބި މީހުން ސަލާމަތް ކުރީ އެތަނަށް އެހެން ލޯންޗެއް ގޮސްގެންނެވެ. އެއް އާއިލާއެއްގެ ގިނަ އަދަދެއްގެ މީހުން އެ ލޯންޗުގައި ތިބި ކަމަށް އެނގިފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ލޯންޗު ބަންޑުން ޖަހާލުމުން، އޭގެއިން ދަތުރުކުރި މީހުން ތިބީ ލޯންޗު މައްޗަށް އަރަ އެވެ.