Advertisement

ހިދުމަތް ދޭނެ ކުދިން ނެތް ކަމަށް ބުނެ މި ސަރުކާރުން އުވައިލި ހޯރަފުށީ ހާފްވޭ ހައުސް ރައީސް ހުޅުވައިދެއްވައިފި

30 ޖަނަވަރީ 2025 - 11:18 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އުތުރުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ހޯރަފުށީގައި ގާއިމު ކޮށްފައި ހުރި ހާފްވޭ ހައުސް ހުޅުވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް


ހިދުމަތް ދޭނެ ކުދިން ނެތް ކަމަށް ބުނެ މި ސަރުކާރުން އުވައިލި ހޯރަފުށީ ހާފްވޭ ހައުސް ރައީސް ހުޅުވައިދެއްވައިފި

30 ޖަނަވަރީ 2025 - 11:18 1

ހިދުމަތް ދޭނެ ކުދިން ނެތް ކަމަށް ބުނެ މި ސަރުކާރުން އުވައިލި ހއ. ހޯރަފުށި ހާފްވޭ ހައުސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފި އެވެ.

ހޯރަފުށީގައި ގާއިމުކޮށްފައި ހުރި ހާފްވޭ ހައުސް ރައީސް ހުޅުވައިދެއްވީ އުތުރުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެެއިން އެ ރަށަށް ވަޑައިގެންނެވެ. ހޯރަފުށީ ހާފްވޭ ހައުސްއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިދިޔަ ސަރުކާރުން ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

6.15 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރި ހާފްވޭގެ މަސައްކަތް އެއްކޮށް ނިންމައިލީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެ ތަނުން ހިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ހޯދަން އޭޕްރިލް 8، 2024 ގައި އިއުލާނުކޮށް، މުވައްޒަފުން ވެސް ނެގި އެވެ.

ނަމަވެސް އެ ތަނުން ހިދުމަތް ދޭނެ ކުދިން ނެތް ކަމަށް ބުނެ ހޯރަފުށި ހާފްވޭ ހައުސް އުވައިލީ މެއި 9، 2024 ގަ އެވެ. ހޯމް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް، އަހުމަދު ޝަރީފް ނަފީސް ސޮއިކުރައްވައި ހާފްވޭ ހައުސްގެ މުވައްޒަފުންނަށް ފޮނުވި ސިޓީގައި ބުނެފައި އޮތީ ހާފްވޭ ހައުސް ހިންގި އިމާރާތް، ޖުވެނައިލް ރެޒިޑެންޝިއަލް ސެންޓަރަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހޯރަފުށީ ހާފްވޭހައުސްއަކީ މާލެއިން ބޭރުގައި ގާއިމުކުރި ފުރަތަމަ އެފަދަ މަރުކަޒެވެ. އެ މަރުކަޒަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާން ކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއްގައި ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުމައުއަށް ނެރުމަށް ތައްޔާރު ކުރާ ޕްރޮގުރާމުތައް ހިންގާ ތަނެކެވެ.