Advertisement

އިއުލާނުގައި 100 އޮއްވާ އިހަވަންދޫގައި 200 ހައުސިން ޔުނިޓު އަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

29 ޖަނަވަރީ 2025 - 15:19 0

ލީވާން އަލީ ނާސިރު

ލ

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު: އިއުލާނުގައި 100 އޮއްވާ އިހަވަންދޫގައި 200 ހައުސިން ޔުނިޓު އަޅާނެ ކަމަށް ވިދާޅުވި -- ފޮޓޯ؛ ރައީސް އޮފީސް


އިއުލާނުގައި 100 އޮއްވާ އިހަވަންދޫގައި 200 ހައުސިން ޔުނިޓު އަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

29 ޖަނަވަރީ 2025 - 15:19 0

Advertisement

Advertisement

ހއ. އިހަވަންދޫގައި 100 ހައުސިން ޔުނިޓް އަޅަން ސަރުކާރުން އިއުލާން ކޮށްފައި އޮއްވާ، 200 ހައުސިން ޔުނިޓް އެ ރަށުގައި އަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 57 ރަށެއްގައި 12،000 ހައުސިން ޔުނިޓު އަޅައިދޭން ޝައުގުވެރިވޭ މީހުން ހޯދަން މިއަދު ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި އިހަވަންދޫއަށް ކަނޑައަޅާފައި އޮތީ 100 ހައުސިން ޔުނިޓެވެ.

Advertisement

ސަރުކާރުން ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ހައުސިން ޔުނިޓްތައް އަޅާއިރު، ފުރަތަމަ ކެޓަގަރީގެ ދަށުން އަޅާނީ 50 ހައުސިން ޔުނިޓެވެ. ދެވަނަ ކެޓަގަރީގައި 51 އާއި 150 ހައުސިން ޔުނިޓް އަޅާއިރު، ތިންވަނަ ކެޓަގަރީގައި އަޅާނީ 200 އާއި 250 ހައުސިން ޔުނިޓެވެ. އަދި ހަތަރުވަނަ ކެޓަގަރީގައި އަޅާނީ 300 އަށްވުރެ ގިނަ ހައުސިން ޔުނިޓެވެ.

ރައީސް މުއިއްޒު ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ އެ ރަށުގައި 100 ހައުސިން ޔުނިޓް އަޅާނެ ކަމަށް އިއުލާން ކޮށްފައި އޮތް ނަމަވެސް، ރަށުގައި 200 ހައުސިން ޔުނިޓް އަޅަން މިހާރު ނިންމާފައިވާ ކަމަށެވެ.

މިގޮތުން ރައީސް މުއިއްޒު ވިދާޅުވީ ބިޑިން ޕްރޮސެސް ތެރޭގައި އިހަވަންދޫގައި 200 ހައުސިން ޔުނިޓް އަޅަން ބަޔަކާ ހަވާލު ކުރާނެ ކަމަށާއި އެއީ މިވަގުތަށް ހަވާލު ކުރެވޭ އަދަދު ކަމަށެވެ.

Advertisement

އެކަމަކު ރަށުގައި ހިންގޭ ތަރައްގީގެ މަޝްރޫއުތަކާ އެކީގައި ރަށުގެ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އުތުރުގެ މި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ކޮންސެޕްޓުގައި މި ރަށް ހިމެނި، މި ސަރަހައްދު ހިމެނިގެންވާ ތަރައްގީގައި ވެސް މުހިންމު. އެހެންވީމަ އަޅުގަނޑުމެން މިހާރު މި އިއުލާނުކުރި 100 ހައުސިން ޔުނިޓް ކަމަށް އޭގައި އޮންނާނީ. އެހެންނަމެވެސް އަޅުގަނޑު އޮންނާނީ ނިންމާފައި 200 ހައުސިން ޔުނިޓް އަޅުގަނޑުމެން އެވޯޑް ކުރާއިރުގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަނީ

އެ މިނިސްޓްރީން ގެޒެޓުކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަޝްރޫއު ހިންގާނެ ފަރާތެއް ހޯދަން އިއުލާނު ކުރީ ހައުސިން މިނިސްޓްރީން އެދިގެން ކަމަށެވެ. ހައުސިން ޔުނިޓުތައް އަޅަން ނިންމާފައި ވަނީ ހަތަރު ކެޓެގަރީއަކަށް ބަހާލައިގެންނެވެ.

12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަނީ

އެ މިނިސްޓްރީން ގެޒެޓުކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަޝްރޫއު ހިންގާނެ ފަރާތެއް ހޯދަން އިއުލާނު ކުރީ ހައުސިން މިނިސްޓްރީން އެދިގެން ކަމަށެވެ. ހައުސިން ޔުނިޓުތައް އަޅަން ނިންމާފައި ވަނީ ހަތަރު ކެޓެގަރީއަކަށް ބަހާލައިގެންނެވެ.

"އޭގެ ބިޑިން ޕްރޮސެސް ތެރޭގައި އަޅުގަނޑުމެން ކަނޑައަޅާނީ މިވަގުތަށް 200 ހައުސިން ޔުނިޓް އެޅުމަށްޓަކައި އިރާދަކުރެއްވިއްޔާ ބަޔަކާ އަޅުގަނޑުމެން ހަވާލު ކުރާނަން. ދެން އެއީ ފުރަތަމަ މިވަގުތަށް. އެހެންވީމަ ކުރިއަށް އޮތްތާގައި ރަށުގައި ހިންގޭ ތަރައްގީގެ މަޝްރޫއުތަކާ އެކީގައި ހަމަ އެއީ އަޅުގަނޑުމެންގެ ވިސްނުމަކީ ވެސް ތިބޭފުޅުންގެ ވިސްނުމާ އެއްގޮތަށް ކުރިއަށް ދިޔުން."

މިހާރު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އިހަވަންދޫ ހިމެނެނީ ދެވަނަ ކެޓަގަރީގަ އެވެ. ނަމަވެސް ރައީސް މުއިއްޒު ވިދާޅުވާ ގޮތުން އެ ރަށް މިހާރު ފެތެނީ ތިންވަނަ ކެޓަގަރީއަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އިހަވަންދޫގައި ގާއިމުކުރާނީ ކިތައް ހައުސިން ޔުނިޓްކަމެއް އިއުލާން ނުކުރާ ކަމަށާއި ހުރިހާ ގޮތަކުން ބަލާއިރު ވެސް އެ ރަށް އޮތީ ބޯހިޔާވެހިކަމަށް ވަރަށް ބޭނުންވެފައިކަން އެނގޭ ކަމަށެވެ.

"މި ރަށުގައި ވަކި އަދަދެއް އިއުލާނެއް ނުކުރަން ކެމްޕެއިނުގައި. އެހެންނަމަވެސް މި ރަށުގައި ވަރަށް ބޮޑަށް އެބައޮތް ހަމަ ނީޑް އަދި ޕޮޓެންޝަލް ވެސް ހައުސިން މަޝްރޫއުތައް ހިންގުމުގައި. ނީޑް އެބައޮތް އަދި މުސްތަގުބަލު ވެސް އެބައޮތް. އިގްތިސޯދީ ނަޒަރިއްޔާތަކުން ބެލިޔަސް އެބައޮތް،" އެމަނިކުފާނު ވިދާޅުވި އެވެ.

57 ރަށެއްގައި ހައުސިން ޔުނިޓުތަކެއް އަޅަން ޝައުގުވެރިވާ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފައިވާއިރު، މި އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރި ބަޖެޓުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ސަރުކާރުން ހިންގަން ނިންމާފައިވާ ހައުސިން މަޝްރޫއުތަކަށް ކަނޑައަޅާފައި ވަނީ 1.5 ބިލިއަން ރުފިޔާ އެވެ.