އެޗްބީއެލް އާއި ސީބީއެމް އަދި ދިރާގު ފިންޓެކުން ފަވަރައާ ގުޅިއްޖެ

29 ޖަނަވަރީ 2025 - 06:49 0

ލީވާން އަލީ ނާސިރު

ލ


އެޗްބީއެލް އާއި ސީބީއެމް އަދި ދިރާގު ފިންޓެކުން ފަވަރައާ ގުޅިއްޖެ

29 ޖަނަވަރީ 2025 - 06:49 0

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޤާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ފަވަރައިން ހިދުމަތް ދިނުމަށް ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް) އާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަދި ދިރާގު ފިންޓެކް އިން ގުޅިއްޖެ އެވެ.

އެމްއެމްއޭއިން ބުނީ އެ ތިން ކުންފުނިން ވެސް ވަނީ ފަވަރައާ ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް، ޕައިލަޓް ޓެސްޓިންގެ މަރުހަލާ ވެސް ފުރިހަމަ ކޮށްފަ އެވެ.

ސިސްޓަމާއި ގުޅުމާއި އެކު އެ ތިން ކުންފުނިން ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ފަވަރަ ޓްރާންސްފާ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން، ފަވަރަގެ އެންމެހާ ހިދުމަތްތައް މިހާރު ލިބޭނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

"ފަވަރަ އާއި އަލަށް ގުޅުނު އެޗްބީއެލް އަދި ސީބީއެމް އާއި އެކު ރާއްޖޭގައި ބޭންކިންގެ ހިދުމަތް ދެމުންގެންދާ ހުރިހާ ބޭންކުތަކެއް މިހާރު މިވަނީ ސިސްޓަމްގައި ބައިވެރިވެފައި. މިއާއި އެކު އެއް ބޭންކުން އަނެއް ބޭންކަށް ކުރާ މުއާމަލާތްތައް ފަސޭހަކަމާއެކު ވަގުތުން މިހާރު ކުރެވޭނެ،" އެމްއެމްއޭ އިން ބުންޏެވެ.

އެޗްބީއެލް އާއި ސީބީއެމްއިން ފަވަރައާ ގުޅިފައިވާއިރު، ދިރާގު ފިންޓެކް އަކީ ބޭންކު ނޫން ޕޭމަންޓް ހިދުމަތްދޭ ކުންފުނިތަކުގެ ތެރެއިން ފަވަރައާ ގުޅޭ ފުރަތަމަ ކުންފުންޏެވެ.

އެމްއެމްއޭ އިން ބުނީ ކުރިޔަށް އޮތްތަނުގައި ޕޭމަންޓް ހިދުމަތްދޭ އެހެނިހެން ކުންފުނިތަކުން ވެސް ސިސްޓަމާއި ގުޅުމުގެ މަސައްކަތްތައް މިހާރު ވެސް ދަނީ ކުރެވެމުން ކަމަށެވެ.