28 ޖަނަވަރީ 2025 - 15:12 1
އަހުމަދު އާއިދު
ކޯސްޓުގާޑު އުޅަނދެއް މާލެ ކައިރިން ދަތުރުކުރަނީ : ފީނަން ގޮސް އުޅުނު ރިސޯޓެއްގެ މުވައްޒަފަކު ގެއްލިގެން ސިފައިން ދަނީ ހަރަކާތްތެރިވަނީ --- ފޮޓޯ: ސިފައިން
28 ޖަނަވަރީ 2025 - 15:12 1
ރ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފަކު ފީނަން ގޮސް އުޅެނިކޮށް ގެއްލިއްޖެ އެވެ.
ފުލުހުން ބުނީ ގެއްލިފައިވާ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށްވާ އަފްތާބް ހާން، 25، ކަމަށެވެ. އެ މީހާ ގެއްލުނީ މިއަދު މެންދުރު ފަހު 3:30 ހާއިރު ކަމަށާއި ފުލުހުންނަށް އެކަން ރިޕޯޓުކުރީ އޭގެ 30 އަކަށް މިނަޓު ފަހުން ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މީހާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށް ބުނި ނަމަވެސް އެކަމުގައި ހަރަކާތްތެރިވަނީ ވައިގެ މަގުން ކަމެއް ކަނޑުގެ މަގުން ކަމެއް ފުލުހުން ނުބުނެ އެވެ. އެކަމާ ގުޅިގެން ސިފައިން މިހާތަނަށް ބަހެއް ނުބުނެ އެވެ.
ގެއްލުނުއިރު އެ މީހާ ލައިގެން ހުރި އެއްޗެއްގެ ތަފުސީލެއްވެސް ފުލުހުން ދީފައެއް ނުވެ އެވެ.
ނަމަވެސް މިކަން ހިނގި ގޮތް ތަހުގީގުކުރަމުންދާ ކަމަށް އެ ހިދުމަތުން ނޫސްތަކަށް ހިއްސާކުރި މައުލޫމާތުގައި ބުނެފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސޮހޮލު
2 months ago
ރިސޯޓަކުން ނޫންދޯ އޭނަ އެ ގެއްލުނީ އެއް. އޭނަ އެ ގެއްލުނީ.
Comment