Advertisement

މިހާރު ދޫކުރާ ވަރަށްވުރެ އިންޓްރެސްޓް ކުޑަކޮށް ރިއަލް އެސްޓޭޓް ލޯނުތަކެއް ދޫކުރަން ފަށަނީ

28 ޖަނަވަރީ 2025 - 10:49 1

މުހައްމަދު ޝަހްޒާން

މ

Advertisement

ފިއްލަދޫގައި ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް


މިހާރު ދޫކުރާ ވަރަށްވުރެ އިންޓްރެސްޓް ކުޑަކޮށް ރިއަލް އެސްޓޭޓް ލޯނުތަކެއް ދޫކުރަން ފަށަނީ

28 ޖަނަވަރީ 2025 - 10:49 1

Advertisement

Advertisement

ރާއްޖޭގެ އެކި ރަށްރަށުން ކޮމާޝަލް ބޭނުމަށް ކައުންސިލްތަކުންނާއި ސަރުކާރުން ދޫކޮށްފައި ހުރި ބިންތަކުގައި މަޝްރޫއުތައް ހިންގަން ބީއެމްއެލްއިން މިހާރު ދޫކުރާ ރޭޓަށްވުރެ ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރަން ފަށަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އުތުރުގެ ރަށްރަށަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ހއ. ފިއްލަދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުޑަ އިންޓްރެސްޓެއްގައި ރިއަލް އެސްޓޭޓް ލޯނު ދޫކުރަން ފެށުމަށް ބީއެމްއެލްއާއެކު މަޝްވަރާތަކެއް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ކުރަމުންދާ ކަމަށެވެ.

Advertisement

"އާންމުކޮށް މިގޮތަށް ކޮމާޝަލް ޕްރޮޖެކްޓްސްތަކަށް ލޯނު ދޫކުރާ ވަރަށްވުރެ އިންޓްރެސްޓް ރޭޓު ކޮޑަކޮށް، ފިނޭންސް މިނިސްޓަރު އަޅުގަނޑަށް ދެންނެވީ މިހާރު ދޫކުރާ ވަރަށްވުރެ ތިން ޕަސެންޓު ކުޑަވާނެ ކަމަށް، އިންޓްރެސްޓް ރޭޓު ކުޑަކޮށް ދޫކުރާ ލޯންތަކެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދޫކުރުމުގެ ކަންތައް މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ ވާހަކަ އަޅުގަނޑު ދަންނަވައިލަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ލޯނުތައް ދޫކުރުމަށް ބީއެމްއެލް އާއެކު ކުރަމުން ދަނީ ސަރުކާރުން އިސްވެ ކަމަށެވެ. އަދި އެ ލޯނު ދޫކުރަން ފެށުމާ ހަމައަށް މަޝްވަރާތައް ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމާޝަލް އަދި ރެސިޑެންޝަލް އިމާރާތްތައް އެޅުމަށާއި އެފަދަ މަޝްރޫއުތައް ހިންގުމަށް ބީއެމްއެލުން މިހާރު ލޯނު ދޫކުރަނީ ތިން އިންޓްރެސްޓް ރޭޓެއްގަ އެވެ. އެއީ:

Advertisement

  • 30 ޕަސެންޓް އިކުއިޓީ - 11 ޕަސެންޓު އިންޓްރެސްޓް ރޭޓު
  • 40 ޕަސެންޓު އިކުއިޓީ - 10.75 ޕަސެންޓު އިންޓްރެސްޓް ރޭޓު
  • 50 ޕަސެންޓް އިކުއިޓީ - 10.50 ޕަސެންޓް އިންޓްރެސްޓް ރޭޓު

ރިއަލް އެސްޓޭޓް ލޯނުގެ ގޮތުގައި ބީއެމްއެލުން މިހާރު ދޫކުރަނީ 50،000ރ. އާއި 150،000ރ. އާ ދެމެދުގެ އަދަދެކެވެ.