ރާއްޖޭގައި އުދުއްސާ މަރުކާގެ ހެލިކޮޕްޓަރުތައް އުދުއްސުން އިންޑިއާގައި ވަގުތީ ގޮތުން މަނާކޮށްފި

28 ޖަނަވަރީ 2025 - 06:12 0

މުހައްމަދު ޝަހްޒާން

މ

ރާއްޖޭގައި އުދުއްސާ އިންޑިއާ އަސްކަރިއްޔާގެ ހެލިކަޕްޓަރު -- ފޮޓޯ: އެމްއެންޑީއެފް


ރާއްޖޭގައި އުދުއްސާ މަރުކާގެ ހެލިކޮޕްޓަރުތައް އުދުއްސުން އިންޑިއާގައި ވަގުތީ ގޮތުން މަނާކޮށްފި

28 ޖަނަވަރީ 2025 - 06:12 0

އިންޑިއާގެ ކޯސްޓުކާޑުގެ ހެލިކޮޕްޓަރެއް ގުޖުރާތަށް ވެއްޓި އޭގައި ތިބި ތިން މީހުން މަރުވި ހާދިސާއާ ގުޅިގެން އެ ގައުމުގެ އަސްކަރިއްޔާއިން ބޭނުން ކުރާ ދްރޫވް މަރުކާގެ ހެލިކަޕްޓަރުތައް އުދުއްސުން ވަގުތީގޮތުން މަނާކޮށްފި އެވެ.

ހިންދުސްތާން އޭރޮނޮޓިކްސްގެ ލިމިޓެޑް (އެޗްއޭއެލް) އިން އުފައްދާ، ދްރޫވް މަރުކާގެ ހެލިކޮޕްޓަރުތައް އުދުއްސުން ވަގުތީ ގޮތުން އިންޑިއާގައި މަޑުޖައްސާލީ އެ މަރުކާގެ ހެލިކޮޕްޓަރުތަކުގެ ސަލާމަތީ ކަންކަން ބަލައި ވެއްޓެން މެދުވެރިވި ސަބަބު ދެނެގަނެވެންދެނެވެ. މިއީ ފާއިތުވި ހަތަރު މަސްދުވަސް ތެރޭގައި ވެއްޓުނު ދްރޫވް މަރުކާގެ ދެވަނަ ހެލިކަޕްޓަރެވެ.

ދްރޫވް މަރުކާގެ ހެލިކޮޕްޓަރުތައް ވެއްޓުމުގެ ހަތަރު ހާދިސާއަކާ ގުޅިގެން 2023 ގައި ވެސް އެ މަރުކާގެ ހެލިކޮޕްޓަރުތައް އުދުއްސުން ދެތިން ފަހަރު ހުއްޓުމަކަށް ގެނަ އެވެ. އޭގެފަހުން ދްރޫވް މަރުކާގެ ހެލިކޮޕްޓަރުތަކަށް ސޭފްޓީ ޓެކްނިކަލް އަޕްގްރޭޑުތަކެއް ގެނެސް ޑިޒައިނަށް ވެސް ކޮންމެވެސް ވަރެެއްގެ ބަދަލުތަކެއް ގެނަ އެވެ.

ދްރޫވް މަރުކާގެ ހެލިކަޕްޓަރުތައް އުދުއްސުން އިންޑިއާގައި ވަގުތީގޮތުން މަނާކުރިއިރު، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ރާއްޖޭގައި ބޭނުންކުރަނީ ވެސް ދްރޫވް މަރުކާގެ ދެ ހެލިކަޕްޓަރެވެ. ނަމަވެސް ރާއްޖޭގައި އެއާ އެމްބިއުލޭންސްގެ ހިދުމަތް ދޭން ފެށުމާއެކު ހެލިކަޕްޓަރުތަކުގެ ބޭނުން މިހާރު ކުރަނީ ވަރަށް މަދުންނެވެ.