27 ޖަނަވަރީ 2025 - 08:59 0
އަހުމަދު އާއިދު
'ލިއޯ ވިންގް' ބޯޓު ނިލަންދޫ ފަރަށް އަރާފައި: އެ ބޯޓުގައި ހުރީ ރޯދައަށް ގެންދިޔަ ކާޑާއި ހަދިޔާ -- ފޮޓޯ: ކިޔުންތެރިއެއް
27 ޖަނަވަރީ 2025 - 08:59 0
ލިއޯ ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދު އޭނާގެ އުފަން ރަށް ގއ. ނިލަންދޫ އަދި އެ އަތޮޅު ދެއްވަދޫއަށް ފޮނުވި ރޯދަ ހަދިޔާ ހިފައިގެން ދަތުރުކުރި ދޯނި ފަރަށް އަރައިފި އެވެ.
ނިލަންދޫ ކައުންސިލުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފަރަށް އެރި ބޯޓުގައި ސަވާދު ހަދިޔާކުރަން ފޮނުވި 1،070 އަށްވުރެ ގިނަ ކާޑު ބަސްތާ ހުރި ކަމަށެވެ. އެ އިދާރާއިން ހިއްސާކުރި ވީޑިއޯއިން ފެންނަ ގޮތުގައި މީގެ ތެރެއިން ގިނަ ބަސްތާތައް ވަނީ މޫދަށް ފައިބައިގެން ގޮސްފަ އެވެ.
ގއ. އެކެފަރު ފަރަށް އަރާފައިވަނީ ލިއޯ ކުންފުނީގެ ދޯންޏެއް ކަމަށްވާ 'ލިއޯ ވިންގް' އެވެ. ދޯންޏަށް ލިބިފައިވާ ގެއްލުންތަކުގެ ތަފުސީލެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން ވެސް މިހާތަނަށް އަދި އެއްޗެއް ނުބުނެ އެވެ. ލިއޯ ކުންފުނީގެ ގއ. އަތޮޅު މެނޭޖަރު މި ނޫހާ ވާހަކަދައްކަމުން ބުނީ މިހާރު މަސައްކަތް ކުރަމުންދަނީ ދޯނި ފުންކޮށް މުދާތައް ސަލާމަތް ކުރެވޭތޯ ކަމަށެވެ.
ލިއޯ ސަވާދު ކޮންމެ އަހަރަކުހެން ނިލަންދޫ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި އެކި ތަކެތި ދެ އެވެ.
0.00%
66.67%
33.33%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment